ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކާމިޔާބު ފްރެންޗައިސް "ސިންގްހަމް"ގެ ތިން ވަނަ ފިލްމު "ސިންގަހަމް3"އަށް އަރުޖުން ކަޕޫރު ސޮއިކޮށްފިއެވެ.

އަރުޖުން ކަޕޫރު، ރޯހިތު ޝެޓީގެ ކުންފުނި ސްޕައި ޔުނިވާސްއާ ގުޅޭ ޚަބަރަކީ މިހާތަނަށް ރޯހިތު ވަރަށް ސިއްރުކޮށްގެން އުޅުނު ޚަބަރަކަށްވީނަމަވެސް މި ޚަބަރު މިހާރު މިވަނީ މީޑިއާތަކަށް ހާމަވެފައެވެ.

އަރުޖުން ކަޕޫރު ވިލެންއެއްގެ ރޯލްއިން ފިލްމު "ސިންގްހަމް3"އާ ގުޅޭއިރު ރޯހިތުގެ ފިލްމު ކުންފުނިން ތަޢާރަފްކޮށްފައިވާ "ސިމްބާ"، "ސޫރްޔަވަންޝީ" އަދި "ލޭޑީ ސިންގްހަމް" ކެރެކްޓާސްއާއެކު ވަރުގަދަ ކުރިމަތިލުމަކަށްދާން އަރުޖުން ވަނީ ތައްޔާރުވެފައެވެ. ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަރުޖުން ވަނީ "ސިންގްހަމް3"ގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.

މި ފިލްމަކީ އަރުޖުން ވިލެންގެ ރޯލްއިން ފެންނާނެ ފުރަތަމަ ފިލްމަށްވާއިރު ރޯހިތުއާއެކު އަރުޖުން ކަޕޫރު މަސައްކަތްކުރާނެ ފުރަތަމަ ފިލްމުވެސްމެއެވެ. ބެލުންތެރިން އެންމެ އިންތިޒާރުކުރާ ފިލްމު "ސިންގްހަމް3"އިން އަޖޭ ދޭވްގަންއާއެކު އަރުޖުންގެ އިތުރުން ކަރީނާ ކަޕޫރު، ރަންވީރު ސިންގް، އަކްޝޭ ކުމާރު އަދި ބަތަލާ ދިޕިކާ ޕަދުކޯންއާއެކު ޓައިގަ ޝްރޮފްވެސް ފެންނާނެއެވެ. މި އިން ކޮންމެ އެކްޓަރަކީ ވެސް ރޯހިތުގެ ސްޕްއި ޔުނިވާސްގެ ފިލްމުތަކުން މަގުބޫލުކަން ހޯދާފައިވާ ކެރެކްޓާސްއަށްވުމުން އެ ފިލްމުތަކުގެ ކުރި ފަޅާލަދޭނީ "ސިންގްހަމް3"ގެ ވާހަކައާ ގުޅުވައިގެންނެވެ.

ރޯހިތު ޝެޓީގެ ސްޕްއި ޔުނިވާސްއިން ގެނެސްދޭ "އިންޑިއަން ޕޮލިސް ފޯސް" އިންޑިއާގައި ފާހަގަކުރާ ދިވާލީ ދުވަސްވަރާ ދިމާކޮށް ސިނަމާތަކަށް ގެންނަން އަންނަނީ ތައްޔާރުވަމުންނެވެ. މި ފިލްމުގެ ލީޑްރޯލްއިން ފެންނާނީ އެކްޓަރު ސިދާތު މަލްހޯތްރާ އަދި ބަތަލާ ޝިލްޕާ ޝެޓީގެ އިތުރުން ވިވެކް އޮބްރޯއިއެވެ.