"ސަރުކާރުގެ ބައެއް ވެރިން އޮފީސްތައް ހުސްކުރަން ފަށައިފި" މި ސުރުޚީގެ ދަށުން އޮންލައިން ނޫހެއްގައި ޕްރޮސިކިއުޓާ ޖެނެރަލްއަަށް ނިސްބަތްކޮށް ލިޔެފައިވަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ އެއޮފީހުގެ ހިންގުން އިންތިޒާމު ކުރެވިފައި އޮންނަގޮތުން މައްސަލަތަކުގެ ލިޔުންތަކަކީ ނައްތައިލެވޭނެ ތަކެއްޗެއް ނޫން ކަމަށެވެ. އަދި މައްސަލަތަކުގެ ލިޔުންތަކަކީ އެ އޮފީހުގެ އިތުރުން ތަހުގީގީ އިދާރާތަކާއި ޝަރުއީ ކޯޓުތަކުގައި ވެސް ހުންނާނެ ތަކެތި ކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން ޕީޖީ އޮފީހުގެ ހިންގުން އިންތިޒާމު ކުރެވިފައި އޮންނަގޮތުން މައްސަލަތަކުގެ ލިޔުންތަކަކީ ނައްތައިލެވޭނެ ތަކެއްތި ނޫން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި އެ އޮފީހުން ނިންމާ ނިންމުންތަކަކީ އަބަދުވެސް އެ ނިންމުން ނިންމާ ސަބަބާއެކު ރެކޯޑްކުރެވޭ ނިންމުންތަކެކެވެ. އޭގެ އިތުރުން އެ އޮފީހުގެ ލިޔުންތަކަކީ ޑިޖިޓަލް އަދި ފިޒިކަލް އާކައިވް ކުރެވޭ ތަކެތި ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.