18:14


ސުޕްރީމް ކޯޓު ޤާއިމްކުރެވެންދެން ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތުތަކާއި، ސުޕްރީމްކޯޓުގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިންގެވުން ހަވާލުކުރެވި ހަތަރު ބޭފުޅުން ތެރޭގައި ހިމެނޭ  މ. ގުލްފާމްގޭ އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނު ވެސް އިސްތިއުފާ ދެއްވައިފި އެވެ.


މުއުތަސިމް ވެސް އިސްތިއުފާ މި ދެއްވީ އެ ކޮމެޓީގެ ގާނޫނީ ހައިސިއްޔާ ދޭތެރޭ ސުވާލު އުފެއްދެވުމަށް ފަހު ގަ އެވެ. އޭނާގެ އިސްތިއުފާއާ އެކު އެ ކޮމެޓީ އަށް ކަނޑައެޅުއްވި ހުރިހާ ބޭފުޅުން ވެސް އިސްތިއުފާދެއްވައި ނިމުނީ އެވެ.


މުއުތަސިމް ވެސް އިސްތިއުފާ މި ދެއްވީ އެ ކޮމެޓީގެ ގާނޫނީ ހައިސިއްޔާ ދޭތެރޭ ސުވާލު އުފެއްދެވުމަށް ފަހު ގަ އެވެ.


އޭނާގެ އިސްތިއުފާއާ އެކު އެ ކޮމެޓީ އަށް ކަނޑައެޅުއްވި ހުރިހާ ބޭފުޅުން ވެސް އިސްތިއުފާދެއްވައި ނިމުނީ އެވެ.


މުތައްސިމު ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ "ސުޕްރީމް ކޯޓްގެ އިދާރީ ހިންގުމާ ގުޅޭގޮތުން މަނިކުފާނު ނެރުއްވި ގަރާރު ކިޔުމުން އޭގައި ވިދާޅުވެފައިވާ ކަމަކީ މިހާރު އަމަލުކުރަމުން މިދާ ގާނޫނު އަސާސީގެ އިމުގެ ތެރެއިން އަޅުގަނޑަށް ކުރެވިދާނެ ކަމެއްކަމަށް އަޅުގަނޑަށް ނުފެންނާތީވެ، މަނިކުފާނު އެކުލަވާލެއްވި ޕެނަލް އިން އަޅުގަނޑުގެ ނަން އުނިކޮށްދެއްވުން އެދި އަދަބުވެރިކަމާ އެކު ދެންނެވީމެވެ." މުއުތަސިމް ސްރީލަންކާގެ ކެންޑީގައި ހުންނަވައިގެން ސަންއެފްއެމް އަށް ފެކްސްކުރައްވާފައިވާ ސިޓީގައިވެ އެވެ.


އެ ކޮމެޓީއަށް ރައީސް އައްޔަން ކުރެއްވި އަނެއް ތިން ބޭފުޅުން ކަމުގައިވާ، ބ. އޭދަފުށީ، ކެލާ، އައްޝައިޚު ފައްޔާޒް ޢަލިމަނިކާއި މއ. ބްލޫގްރާސް، އަލްއުސްތާޛު އަޙްމަދު މުރާދާއި ހދ. ކުޅުދުއްފުށީ ފިނިފެންޖަންބުގޭ އަލްއުސްތާޛު މުޙަންމަދު އިބްރާހީމް ވަނީ ކުރިން އިސްތިއުފާ ދެއްވައުފަ އެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވާފައި ވަނީ އެ ބޭފުޅުން އައްޔަން ކުރެއްވިތާ 12 ގަޑި އިރު ވެސް ނުވަނީހެވެ.