އައިސްކުރީމަށް ލޯބިކުރާ ބޭފުޅުންނަށް އަމާޒުކޮށްގެން އެސްޓީއޯ އިން އައިސްކުރީމް ވީކުގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އެ ޕްރޮމޯޝަންގެ ދަށުން މާދަމާ އެސްޓީއޯގެ ސުޕަމާޓުން ހިލޭ އައިސްކުރީމް ރަހަބެލުމުގެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށާއި އަދި މާދަމާ އައިސްކުރީމް ޕާޓީއެއް ބާވާނެ ކަމަށެވެ.

އެ ޕްރޮމޯޝަނުގެ މުއްދަތުގައި ކުޑަކުދިން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސުޕަމާޓަށް އަންނަ ކޮންމެ ކުޑަ ކުއްޖަކަށް ހަދިޔާއެއް ލިބޭނެ ކަމަށާއި އަދި ސުޕަމާޓުގެ ސުޓޯލްތަކުގައި ތަފާތު ގޭމްތައް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެސްޓިއޯ އިން ބުންޔެވެ.

އެ ޕުރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހު 17 ގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4-6 އެސްޓީއޯ ސުޕަމާކެޓްގަ އެވެ.