13 Sep 2023, 23:26
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ދުވަހު ޕާޓީއެއް ތަމްސީލުކުރި އޮބްޒާވަރަކާއި މަންދޫބެއް ބޭރުގެ އޮބްޒާވަރުންނަށް ފުރައްސާކޮށްފައި ވާތީ އިލެކްޝަންސް ކޮމިޝަނުން އެ ދެމީހުން ސަސްޕެންޑްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިރޭ ވިދާޅުވީ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް އެ ކޮމިޝަނުން ދައުވަތު ދީގެން އައިސްފައިވާ ބައެއް ބައިނަލްއަގުވާމީ އޮބްޒާވަރުންނަށް ޕާޓީއެއް ތަމްސީލުކުރި ދިވެހި އޮބްޒާވަރަކާއި މަންދޫބެއް، ފުރައްސާރަކޮށް ސުލޫކީ މިންގަނޑާ ޚިލާފު ވެފައިވާތީ ސަސްޕެންޑް ކުރުމަށް މިއަދު ކުރިއަށް ދިޔަ އިން އިންތިޚާބާ ބެހޭ ޚާއްސަ ޖަލްސާއި ނިންމާފައިވާ ކަމަށެވެ.
އެ ދެމީހުން ސަސްޕެންޑް ކުރުމުރުން އިންތިޚާބުގެ ދެވަނަ ބުރާއި، ކުރިއަށް އޮތް ބޮޑު ދެ އިންތިޚާބުގައި އޮބްޒާވަރަކަށް ނޫނީ، މޮނިޓަރަކަށް ނޫނީ މަންދޫބަކަށް ނުވަތަ އިލެކްޝަން އޮފިޝަލެއްގެ ގޮތުން ހަރަކާތްތެރި ވުމުގެ ފުރުސަތު ގެއްލޭނެ ކަމުގައި ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ސަސްޕެންޑް ކުރި ދެމީހުންގެ ބަދަލުގައި އެހެން ދެ މީހަކަށް އެ ޕާޓީ ތަމްސީލު ކުރުމުގެ ފުރުސަތު ދިނުމަށް ވެސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ސަސްޕެންޑް ކުރީ ކޮން ޕާޓީއެއް ތަމްސީލު ކުރި އޮބްޒާވަރަކާ މަންދޫބެއް ކަމާއި އަދި މިކަން ހިންގާފައިވަނީ ކޮން ތަނެއްގައި ކަމެއް އެ ކޮމިޝަނުން އަދި ހާމައެއް ނުކުރެއެވެ.