11 May 2012, 14:27
އއ. މަތިވެރި އާއި އދ. ހަންޏާމީދޫ ކައުންސިލުން ހުސްވެފައިވާ މަގާމަށް ވާދަކުރުމަށް ޕީޕީއެމް ޓިކެޓަށް އެދުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
ޕީޕީއެމްއިން ބުނީ އެ ދެ ބައި އިލެކްޝަނަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ޕީޕީއެމްގެ ޓިކެޓްގައި ޝަރުތު ހަމަވާ އެކަކަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި ނަމަ އިންތިހާބުގައި ވާދަކުރާނެ ފަރާތެއް ކަނޑައަޅާނީ އެ ޕްރައިމަރީ އަކުން ކަމަށެވެ
އަދި އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުން ޕީޕީއެމްގެ ޕްރައިމަރީ ބާއްވާނެ ވަކި ތާރީހެއް ކަނޑަނާޅާކަމަށް ވެސް ޕާޓީން ބުންޏެވެ.
އއ. މަތިވެރި ކައުންސިލާއި އދ. ހަންޏާމީދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އައްޔަން ކުރުމަށް ބާއްވާ ބައި އިލެކްޝަން އިންތިހާބު ބޭއްވުމަށް ހަމަ ޖައްސާފައި ވަނީ އަންނަ މަހުހެ 23 ވާ ހޮނިހިރު ދުވަހު އެވެ. އެ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރަން ބޭނުންވާ ފަރާތަކަށް އެޕާޓީން ވެސް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.