ބްރަދާހުޑަށް 18 އަހަރު ފުރުމާ ގުޅިގެން ބާއްވާ ސޭލްއިން ވިޔަފާރިކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ހިލޭ އުމްރާ ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބްރަދަހުޑްގެ އެކި ފިހާރަތަކުން ވިއްކާ ތަކެތިން ބޮޑެތި ޑިސްކައުންޓުތައް ލިބޭ ސޭލް މިދިޔަ އާދިއްތަ ދުވަހު ވަނީ ފަށައިފައެވެ.

އެ ސޭލް ކުރިއަށްދާ ފިހާރަތަކަކީ:

  • ބްރަދާހުޑް

  • ބްރަދާހުޑް ޝޮޕް
  • ބްރަދާހުޑް ބާޒާރު
  • ބްރަދާހުޑް ހާޑްވެއާ
  • ބްރަދާހުޑް އިލްކްޓްރޮނިކްސް

ބްރަދާހުޑުގެ ފިހާރައެއް--

އެ ފިހާރަތަކުން 1000 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބޭނެއެވެ. ކޫޕަން ލިބޭ މީހުންގެ ތެރެއިން އެކަކަށް މުޅިން ހިލޭ އުމްރާ ދަތުރެއް ދޭނެ ކަމަށް ބްރަދަހުޑްއިން ބުންޏެވެ.

ބްރަދާހުޑްއިން ބުނީ މި ސޭލް ކުރިއަށްދާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

ބްރަދާހުޑްއަކީ ހޯލްސޭލް އަދި ރީޓެއިލްކޮށް ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ކޮސްމެޓިކްސްއާއި، ކަރަންޓު ސާމާނާއި، ގެއަށް އަދި ގޭގެ ބަދިގެއަށް ބޭނުންވާ ސާމާނުގެ އިތުުރުން ހާޑްވެއާ ސާމާނާއި ގާމެންޓްސް ވެސް ވިއްކާ ފިހާރައެކެވެ.

އަށާރަ އަހަރު ފުރުމާ ގުޅިގެން ބްރަދާހުޑްއިން ކުރިއަށްގެންދާ މި ސޭލްއަކީ ގޭތެރެއަށާއި ބަަދިގެއަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ގަންނަން ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް އެ ފިހާރައިން ބުނެއެވެ.