10 May 2012, 23:56
ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒޭން ތިން މަހަށް ސަސްޕެންޑް ކުރުމަކީ އެފްއޭއެމުގެ ރައީސް އެކުލަބަށްދިން އަނިޔާއެއް ކަމަށް މެނޭޖަރު އަހުމަދު އަޔާޒު ރަޝީދު ބުނުމުން އެފްއޭއެމުން އޭނާއަށް ނަސޭހަތްދީފި އެވެ.
އެފްއޭއެމުން ބުނީ މިމަހުގެ ތިން ވަނަ ދުވަހު ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި އެފްއޭއެމުގެ ރައީސް އަލީ އާޒިމަށް ނިސްބަތްކޮށް އަޔާޒު ދައްކާފައިވާ ވާހަކަތަކަކީ އެފްއޭ ކޯޑްއޮފް އެތިކްސްއާ ހިލާފު ކަމެއް ކަމަށެވެ. މިހެންވެ ޑިސިޕްލިންރީ ކޮމިޓީން މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ އެއީ ހަގީގަތާ ހިލާފު ވާހަކަތަކަކަށްވާތީ އެފަދަ އަމަލުތައް ނުކުރުމަށް އަޔާޒަށް ނަސޭހަތްތެރިވުމަށް ކަމަށެވެ.
ވިކްޓަރީގެ ކޯޗު ސުޒޭން ސަސްޕެންޑް ކުރީ މޫސާ މަނިކު (ކުޑަމޫސަ) އާއި އާޒިމަށް ނިސްބަތްކޮށް ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކާފައިވާތީވެ އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީންނެވެ.