10 May 2012, 19:45
މީހުނާ އެކު ދަތުރުކުރި ވިލިމާލޭ ފެރީއެއް މުދާ އުފުލާ ދޯންޏެއްގައި ޖެހި މިއަދު އެކްސިޑެންޓެއްވެއްޖެ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އެ އެކްސިޑެންޓުގައި ފެރީ ޖެހުނީ އައިމާ ތިނެއް ކިޔާ މުދާ އުފުލާ ދޯންޏެއްގައި ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.