07 Sep 2023, 20:44
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
އާސިފް ވަނީ އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ މިރޭ ފޯމް ހަވާލުކުރައްވާފައެވެ.
އޭނާ އަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އަދި ޕީޕީއެމްގެ މުޒާހަރާތަކުން ހައްޔަރުކުރާ މީހުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވަމުން އައީ އާސިފެވެ.
ޕީޕީއެމްގެ އިސްތިއުނާފް ކޮމެޓީގެ މެންބަރުކަން ވެސް ކުރައްވާ އާސިފަކީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވައިލާ އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައްޔާއި އެހެނިހެން ހަރަކާތްކުގައި ވެސް އެންމެ ކުރީ ސަފުން ފެންނަ މޫނެކެވެ.
އޭގެ އިތުރުން އޭނާއަކީ މިދިޔަ ދުވަސްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ސަރުކާރަށް އެންމެ ގިނައިން ފާޑުކިޔާ އެއް ބޭފުޅާވެސް މެއެވެ.