10 May 2012, 15:30
ދައްކާލުމެއްގައި އިންޑޮނޭޝިއާ މަތިން އުދުހެނިކޮށް ގެއްލުނު ރަޝިޔާގެ މަތިންދާބޯޓްގެ ހަލާކުވެފައިވާ ބައިތައް އިންޑޮނޭޝިއާގެ ފަރުބަދައެއްގެ މަތިން ފެނިއްޖެ އެވެ.
ސީއެންއެން އިން ބުނީ 50 އަކަށް މީހުންނާ އެކު ދަތުރުކުރި ގެއްލުނު ބޯޓް ހޯދަން މަސައްކަތްކުރަމުން ދިޔަ ޓީމަށް ބޯޓްގެ ބައިތައް ފެނުނީ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ އިރުމަތީގައިވާ މައުންޓް ސަލަކް ނަމަކަށް ކިޔާ އަލިފާން ފަރުބަދައެއްގެ 5800 ފޫޓް މަތިން ކަމަށެވެ.
އިންޑޮނޭޝިއާގެ ނެޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީގެ ފަރާތުން ވާހަކަ ދެއްކި ޑެރިޔަޓްމޯ ބުނެފައިވާ ގޮތުގައި މަތިންދާބޯޓްގެ ބައިތަކުގެ ބައިތަކުގެ ތެރެއިން އެބޯޓް (ބޯޓް ނިސްބަތްވާ ކުންފުނި) ސްޚޯއީ ލޯގޯ ވަނީ ފެނިފަ އެވެ.
ބޯޓުން ދަތުރުކުރި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އިންޑޮނޭޝިއާ އޮފިޝަލުން އަދި ހާމައެއް ނުކުރެއެވެ. ބޯޓް ވެއްޓެން މެދުވެރިވި ސަބަބެއް ވެސް އަދި ނޭނގެ އެވެ.
ރަޝިޔާގައި އުފައްދާ ޕެސެންޖަރ މަތިންދާބޯޓެއް ކަމަށްވާ "ސޮޚޮއި ސްޕަރޖެޓް 100" މަރުކާގެ މަތިންދާބޯޓު 46 ފަސިންޖަރުންނާ އެކު ޖަކާޓާގެ ދެކުނުގެ އެއަރޕޯޓަކުން ފުރުމަށް ފަހު އެބޯޓު ވަނީ ރާޑަރުތަކުން ގެއްލިފަ އެވެ. ރާޑަރުތަކުން ބޯޓު ގެއްލުމުގެކުރިން ކުއްލި ޙާލަތުގައި ބޯޓު ޖެއްސުމަށް މަސައްކަތްކުރާކަމުގެ ސިގްނަލެއް ފައިލެޓް ދީފައިވާ ކަމަށް އިންޑޮނީޝިޔާގެ ސިވިލްއޭވިއޭޝަނުން ކުރިން ބުނެފައިވެ އެވެ.
ބޯޓު ގެއްލުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށާއި ގެއްލުނުއިރު ބޯޓުދަތުރުކުރަމުން ދިޔައީ ރަޝިޔާގެ އޭވިއޭޝަން އިންޑަސްޓްރީގެ ތަޖްރިބާކާރުން ވަނީ މިމަރުކާގެ ބޯޓުތަކުގައި ފަންނީ މައްސަލައެއް އުޅޭކަން މިހާތަނަށް އެނގިފައިނުވާ ކަމަށް ބުނެފަ އެވެ.
ރަޝިޔާގެ ބޯޓު އިއްޔެ އިންޑޮނީޝިޔާއަށް އައީ "ސޮޚޮއި ސުޕަޖެޓް" ކުންފުނިން އޭޝިޔާގެ 6 ގައުމެއްގައި ބާއްވަމުން ގެންދާ އެއާ އެގްސިބިޝަން ޝޯ އެއްގައި ބައިވެރިވުމަށެވެ. ޕާކިސްތާން، މިޔަންމާ، ކަޒަޚިސްތާން، ލޯއޮސް، ވިއެޓްނާމް އަދި އިންޑޮނީޝިޔާގައި ކުރިޔަށްދާ މިޝޯގައި ރަޝިޔާގެ "ސޮޚޮއި ސްޕަރޖެޓް" ކުންފުނީގެ އެތައް ބޯޓެއް ބައިވެރިވެ އެވެ.