މާލޭ ރަތްވިލާ ގޯޅީގައި ހުންނަ "ވެގަ ޕޮއިންޓު" ފިހާރައިގައި ރޯވެ، އެއްކޮށް އަނދާ ހުލިވެއްޖެއެވެ.

މި ހާދިސާގައި މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ސިފައިންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ 04:37ގައި ކަމަށެވެ. އަދި، މިހާރު އެ އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައިވާ ކަމަށެވެ.

ހާދިސާގައި ފިހާރަ އެއްކޮށް އަނދާހުލިވި އިރު، އޭގެ ބިއްދަށުގައި ހުރި ގެޔަށް ވަނީ ގެއްލުންވެފައެވެ. އަދި ދުމުގެ އަސަރު ކޮށްގެން އެ ސަރަހައްދުގެ ގިނަ ގެތަކުން މީހުން ވަނީ ނެރެފައެވެ.