03 Sep 2023, 12:54
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ކެތު ލެބުން ދޭ ޚިދުމަތްތައް މެދު ކެނޑިއްޖެއެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކެތު ލެބުގެ ޚިދުމަތް މެދުކެނޑުނުކަން ހޮސްޕިޓަލުގެ ސަމާލުކަމަށް އައީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި ލެބުން ލިބޭ ހުރިހާ ޚިދުމަތެއް މެދުކެނޑިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ޚިދުމަތް އަލުން ފޯރުކޮށްދޭން ހަފުތާއެއް ވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކާޑިއަކް ކެތަޓެރިޒޭޝަން ލެބް ނުވަތަ ކެތު ލެބަކީ ހިތުގެ ބަލިތަކަށް ޚާއްޞަ ޓެސްޓުތައް ހަދާ ލެބެކެވެ.
ހިތުގެ ބައްޔަކީ ރާއްޖޭގެ ގިނަ ބަޔަކަށް ކުރިމަތި ވެފައިވާ މައްސަލައަކަށް ވާއިރު، އައިޖީއެމްއެޗަކީ ކޮންމެ ދުވަހަކު އެތައް ބަލި މީހުންނެއް ދައްކާ ހޮސްޕިޓަލެކެވެ. އެހެންކަމުން މި ލެބްގެ ޚިދުމަތް ކެނޑުމުގެ އުނދަގޫ އެތައް ބަޔަކަށް ކުރިމަތި ވާނެއެވެ.