MDP ge ''ufaaveri Male'' jalsaa ge live blog
MDP ge ''ufaaveri Male'' jalsaa ge live blog

Last Updated:
2 year 3 month ago

އެމްޑީޕީގެ ''އުފާވެރި މާލެ'' ޖަލްސާގެ ލައިވް ބްލޮގް

    ބުލޮގު ޚުލާސާ

    އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރިޔާސީ ކެމްޕޭނަށް 136 ރަށަށް ވަޑައިގަތުމަށް ފަހު މިރޭ މާލޭ މެނިފެސްޓޯ ލޯންޗުކުރަން ބާއްވާ ޖަލްސާއަށް އެތައް ހާސް މީހުން ވަނީ އެއްވެފައެވެ.

    23:50

    ފޯރިގަދަ ޖަލްސާ ނިންމާލައިފި

    23:47

    މިހާރު ވާހަކަ ދައްކަވަމުން އަންނަ މަޖިލީހުގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވީ ދިވެހީން އެދޭ ބަދަލު 2018 ވަނަ އަހަރު ދިވެހީން ގެނެސްފި ކަމަށް. އެ ބަދަލު ބަދަލު ކުރަން ދިވެހީން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި.

    23:24
    އެމްޑީޕީގެ ''އުފާވެރި މާލެ'' ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
    އެމްޑީޕީގެ ''އުފާވެރި މާލެ'' ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
    ރޮޒޭނާ އާދަމް

    [ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު] މުއިއްޒުމެން ނެތް މެނިފެސްޓޯއެއް ހެދުމުގެ ގާބިލުކަމެއް ނެތް. އަޅުގަނޑުމެންގެ މެނިފެސްޓޯއިން ތަންތަންކޮޅު ނަގައިގެން އެއަށް އެ އެއްޗެއް މިއެއްޗެއް އެޑްކޮށްލާފަ ކިޔާތަން މި ފެންނަނީ. އެކަމަކު އެ މެނިފެސްޓޯ ތަންފީޒު ކުރާނެ ގޮތުގެ ޕްލޭނެއް އެމީހުންގެއެއް ނެތް. އަޅުގަނޑުމެންގެ ތަންފީޒު ކުރުމުގެ ޕްލޭން އޮތީ.
    23:15

    މިހާރު ވާހަކަ ދައްކަވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް

    22:58
    ''އުފާވެރި މާލެ'' ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
    22:55

    ފައްޔާޒު ވިދާޅުވީ ދަ ޑިމްކޮރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބޭނީ އިންތިޚާބުން ހަތަރު ވަނަ ކަމަށް.

    22:55

    ފައްޔާޒު ތުހުމަތު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުއާ ހަރުކަށި ފިކުރުގެ މީހުންނާއި ގޭންގުތަކާ ގުޅުން އޮތް ކަމަށް.

    ފައްޔާޒު އިސްމާއީލް

    56 ޕަސެންޓަށް ވުރެ އެންމެ ވޯޓެއް ވެސް މަދު ނުވާނެ.
    22:48

    މިހާރު ވާހަކަދައްކަވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

    22:47
    އެމްޑީޕީ ކޯލިޝަންގެ ރަނިންމޭޓް އަދި އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް --- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
    އެމްޑީޕީގެ ''އުފާވެރި މާލެ'' ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
    ރަނިންމޭޓް މުޙައްމަދު އަސްލަމް

    އަޅުގަނޑުމެންނަކަށް ނުފެންނާނެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކޯޓު ލައްވާފަ ކަނޑު އަޑީގައި ހުންނަވާ ތަނެއް، މިކަހަލަ މަންޒަރުތަކެއް ނޫން ފެންނަނީކީ. ފެންނަނީ މިއިން އެއްވެސް ވާހަކައެއް ނުދައްކާ، މިއިން އެއްވެސް ފޮޓޯއެއް ނުއެއް ނަގާ ކަން ކުރައްވާ ތަން މި ފެންނަނީ. ތިމާވެށި ހިމާޔަތް ކުރައްވާތަން މިފެންނަނީ.
    22:37

    އުމްރާނީ ތަރައްގީގައި ރާއްޖެއިން ނުދެކޭ މިންވަރަށް މި ސަރުކާރުން ކަންތައްތައް ކޮށްދީފައިވާ ކަމަށް އަސްލަމް ވިދާޅުވެއްޖެ.

    22:33

    މިހާރު ވާހަކަދައްކަވަނީ އެމްޑީޕީ ކޯލިޝަންގެ ރަނިންމޭޓް އަދި އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

    ޝަމޫހު

    ޒުވާނުން ބޭނުން ކޮނެމް ކަމެއް އެންމެ ފުރިހަމަ ގޮތުގައި ކޮށްދިނުމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަން ދެމިއޮންނާނެ.
    22:30

    މިހާރު ވާހަކަދައްކަނީ އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ މެންބަރު މުހައްމަދު ޝަމޫހު

    22:24

    ފަންނާންތަކެއް ރައީސް އެންޑޯޒް ކުރުން. އޭގެ ތެރޭގައި ފިލްމީ ތަރިން މަރިޔަމް އައްޒަ، އާމިނަތު ރަޝްފާ (އާޝާ)، މުޙައްމަދު ވިޝާލް (ރޯމަން)، ޝީލާ ނަޖީބު އަދި ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) ހިމެނޭ.

    22:21

    އެމްޑީޕީ ސަރުކާރުގެ މަސައްކަތްތަކާއި ސިޔާސަތުތަކާ ގުޅުން ހުރި ލަވައެއް ހުށައަޅައިދެނީ

    22:17

    22:15

    ރައީސް ވިދާޅުވީ "އިންޑިއާ ފަސްޓް" ސިޔާސަތާއި "ވަން ޗައިނާ" ސިޔާސަތަށް ވެސް އިސްކަން ދެއްވާނެ ކަމަށް

    22:13
    އެމްޑީޕީގެ ''އުފާވެރި މާލެ'' ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
    އެމްޑީޕީގެ ''އުފާވެރި މާލެ'' ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

    މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރި ސަރުކާރަކީ މި ސަރުކާރު.
    21:59

    ދެހާސް އަށާރަ ވަނަ އަހަރު ރައީސް ޞާލިޙް ހައްޔަރުކޮށް ދޫނިދުއަށް ގެންދިޔަ ދުވަހާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭރު ޖަލުގައި "ސަރުކާރެއް ހިންގޭ" ވަރަށް ސިޔާސީ ބޭފުޅުންނާއި އެހެނިހެން އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ޖަލުގައި ތިއްބެވި ކަމަށް.

    21:54

    ރައީސް ކިޔައިދެއްވަނީ، 2003 ވަނަ އަހަރު ޖަލުގައި އީވާން ނަސީމް މަރާލުމުން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގައި ކަންތައްތައް ހިނގައި ދިޔަގޮތް.

    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

    ރައްޔިތުން ތިބީ ވަކި ގޮތަކަށް ނިންމައިގެން. އެއީ މިރޭ ތިބޭފުޅުން ވެސް ތިއްބެވި ގޮތް. އެއް ބުރުން ނޫން ގޮތެއް ނެތް.
    ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް

    އިންތިޚާބު މިހާރު މި އޮތީ ނިމިފަ. މިރޭ ވޯޓު ގުނިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މޮޅުވާނެ، މާދަމާ ވޯޓު ނަގައިފިއްޔާ އެއަށް ވުރެ ބޮޑު ތަނުން މޮޅުވާނެ.
    21:51

    މިހާރު ވާހަކަފުޅު ދައްކަވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް

    21:47ޝާނިހާ ޝަރީފް

    ގޮނޑިތައް ފުރުމުގެ ސަބަބުން ބައެއް މީހުން ތިބީ ކޮޅަށް. ފޯރީގައި ގިނަ މީހުން ކިޔަމުންދަނީ އެއް ބުރުން ރައީސް ދެވަނަ ދައުރަކަށް ހޮވާނެ ކަމަށް.
    ކާނިވާ ސަރަހައްދުން ސަންގެ ނޫސްވެރިޔާ ޝާނިހާ ޝަރީފް

    21:45

    އެމްޑީޕީގެ އުފާވެރި މާލެ ކެމްޕޭން ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

    އަހުމަދު ސިޔާމް މުހައްމަދު

    ދުނިޔޭގެ އެންމެ ބޮޑު މުސީބާތަކީ ފަގީރުކަން. މި ގައުމުން ފަގީރުކަން ނައްތައިލެވޭނީ މި ކޯލިޝަންގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް
    21:33

    މިހާރު ދައްކަނީ އެމްޑީޕީ މެނިފެސްޓޯގައި ހިމަނާފައިވާ މާލެއަށް ޚާއްޞަ ސިޔާސަތުތަކުގެ ވީޑިއޯއެއް

    21:31

    މިހާރު ވާހަކަދައްކަވަނީ އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު

    އިމްރާން އަބްދުﷲ

    މުއިއްޒު ވެރިކަމަށް ހޮވިއްޖެއްޔާ ޔާމީން ހުންނަވާނީ ޖަލުގައި
    21:29

    ކެމްޕޭން ޖަލްސާގައި އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

    21:26

    އިމްރާން ވިދާޅުވީ އެމްޑީޕީ ކޯލިޝަންގެ ފުރަތަމަ ވެރިކަމުގައި އިދިކޮޅު ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒަށް މަގާމެއް ދެއްވީ އާދޭސް ދެންނެވުމުން ކަމަށް.

    އިމްރާން އަބްދުﷲ

    ރާއްޖެ މިނިވަންވީ ފަހުން، ރާއްޖޭގެ އެންމެ ގިނަ ސިޔާސީ ލީޑަރުން ޖަލުގައި އެންމެ ގިނަ ވަގުތު ހޭދަކުރަން ޖެހުނީ 2013އިން 2018އަށް.
    21:18

    މިހާރު ވާހަކަ ދައްކަވަނީ އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

    21:17

    ގައުމު ނުހުއްޓި ކުރިއަށްދާން ރައީސް އެއްބުރުން ހޮވަން ޖެހޭ: އިމްރާން

    ގައުމު ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ރައީސް ޞާލިޙް އެއްބުރުން ހޮވަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި.

    އޭނާ ވިދާޅުވީ، މިދިޔަ ސަރުކާރުތަކުގެ އަނިޔާވެރިކަން އެނބުރި އަންނަން އެއްވެސް މީހަކު ނޭދޭނެ ކަމަށް. އަދި، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފަހު އަހަރު ހިނގާދިޔަ ކަންތައްތަކަކީ ވެސް އަލުން އިޔާދަވާން އެދޭނެ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވި.

    21:16
    ރައީސްގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
    21:12
    އެމްޑީޕީގެ ''އުފާވެރި މާލެ'' ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ
    ރައީސްގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ

    އަމިއްލަ މޮޅު ކަމުގެ ވާހަކަ ދެއްކެވުމެގެ ބަދަލުގައި ރައީސް އަވަސްވެވަޑައިގަތީ ތައުލީމީ ޖީލެއް ބިނާ ކުރައްވަން. 18000 އަށް ވުރެ ގިނަ ދިވެހީންނަށް ހިލޭ ފަސްޓް ޑިގްރީގެ ފުރުސަތު ފަހިކޮށްދެއްވައިފި.
    21:09

    މާރިޔާގެ ފާޑުކިޔުން މުއިއްޒަށް

    ޖަލްސާގައި ވާހަކަދައްކަވަމުން މާރިޔާ ހަނދާން އާ ކޮށްދެއްވީ މުއިއްޒުގެ މިނިސްޓަރުކަމުގައި ހިންގި މަޝްރޫއުތަކާއި މާލެއަށް ހެއްދެވި ގޮތް.

    މާރިޔާ ވިދާޅުވީ، ޒަމާނީ ހައުސިން ކަމަށް ވިދާޅުވެ، ނުއަގުގައި ދިން ހިޔާ ފުލެޓުތައް ދިނުމަކީ ގެއްލުމެއް ކަމަށް. އަދި، މުއިއްޒު ހިންގި ކޮންމެ މަޝްރޫއެއް ދެ ފަހަރަށް ހިންގަން ޖެހުނު ކަމަށް.

    އޭނާ ވިދާޅުވީ، މުއިއްޒު މާލެއަށް ގެނައި ކަދުރު ރުއްތައް ވެސް މިލާ މޯޅި ވެއްޖެކަމަށް.

    21:05

    21:04
    މިރޭގެ ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރަނިންމޭޓް މުހައްމަދު އަސްލަމާއި ޗެއާޕާސަން ފައްޔާޒު އިސްމާއީލް --- ސަން ފޮޓޯ
    21:02

    ޖަލްސާ ފަށައިގެން މިހާރު ކުރިއަށްދަނީ. މިހާރު ވާހަކަ ދައްކަވަނީ ޖަލްސާގެ އެމްސީ އަދި އެމްޑީޕީ ގައުމީ މަޖިލިސް މެމްބަރު އަންވަރު އިބްރާހިމް