09 May 2012, 23:42
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅޭ އިނގިރޭސި ޓީމުން ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ ބާކީކޮށް، ވަގުތީ ސްކޮޑް އަންނަ ބުދަ ދުވަހު އިއުލާނުކުރަން ނިންމައިފި އެވެ.
އިނގިރޭސި މީޑިޔާތަކުން ބުނަނީ ޓެރީ ބާކީ ކުރަން ކޯޗު ރޯއި ހޮޑްސަން ނިންމަނީ މެންޗެސްޓާގެ ރިއޯ ފާޑިނަންޑް އާއި ޓެރީ އެކުގައި ގައުމީ ޓީމަށް ކުޅެވޭނެކަމަށް ގަބޫލު ނުކުރާތީ އެވެ.
ޓެރީ އާއި ފާޑިނަންޑާ ދެމެދު މައްސަލަ ޖެހިފައިވަނީ ފާޑިނަންޑްގެ ކޮއްކޮ އެންޓަން ފާޑިނަންޑާ ނަސްލީ ގޮތުން ޓެރީ ދިމާކުރުމުގެ ސަބަބުންނެވެ. މި ކަމާހެދި ޓެރީގެ މައްސަލަ އިނގިރޭސި ކޯޓަކުން ބަލާތީވެ، އިނގިރޭސި ކެޕްޓަންކަން ވެސް ޓެރީ އަތުން ވަނީ ނަގައިފަ އެވެ. ނަމަވެސް އޭނާ އަށް ކެޕްޓަންކަން ދޭން ބާރު އެޅުމުން އެސޯސިއޭޝަނާ ދެމެދު ޖެހުނު މައްސަލަތަކަށް ފަހު ކޯޗުކަމުން ފަބިއޯ ކަޕޭއްލޯ ވެސް ވަނީ އިސްތިއުފާދީފަ އެވެ.
ހޮޑްސަން މި ދެ ކުޅުންތެރިން އެކުގައި ނުކުޅުވަން ނިންމާއިރު ޓެރީ ނެތްނަމަ އެމަގާމަށް ގެނައުން އެންމެ ގާތް ދެ ކުޅުންތެރިންނަކީ ޗެލްސީގެ ގެރީ ކާހިލް އާއި މެންސިޓީގެ ލެސްކޮޓެވެ.