01 Sep 2023, 00:04
އެއްފަހަރާ ގިނަ މަސްތަކެއްގެ ފޯނު ބިލު ދައްކާލައިގެން އުރީދޫގެ ކަސްޓަމަރުންނަށް ބޮޑެތި ޑިސްކައުންޓުތަކެއް ދޭން ފަށައިފިއެވެ.
މިގޮތަށް ބިލު ދެއްކުމުން ކޮންމެ މަހަކު ބިލު ދައްކަން ނުޖެހުމުގެ އިތުރުން ޑިސްކައުންޓާއި، ބޯނަސް ޑޭޓާ ވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ.
މީގެ އިތުރުން އުރީދޫގެ އާޗާ ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑްގެ ކަސްޓަމަރުންނަށް މިހާރު އެއްފަހަރާ ތިން މަހަށާއި ހަ މަހަށާއި 12 މަހަށް ނުވަތަ 24 މަހަށް އެއްފަހަރާ ޕޯސްޓްޕެއިޑް ބިލު ދައްކާލުމުން މެދުކެނޑުމެއްނެތި، އިންޓަނެޓުގެ ޚިދުމަތްތައް ލިބުމުގެ އިތުރުން އެ ބިލުން ވެސް ބޮޑު ޑިސްކައުންޓެއް ލިބޭނެއެވެ.
އެގޮތުން ލިބޭ ޑިސްކައުންޓު ތަކަކީ؛
ތިން މަސް ދުވަހަށް ބިލް ދެއްކުމުން %5
- ހަ މަސް ދުވަހަށް ބިލް ދެއްކުމުން %10
- އެއް އަހަރަށް ބިލު ދެއްކުމުން %15
- ދެ އަހަރަށް ބިލު ދެއްކުމުން %20
މީގެ އިތުރުން މި ޕޭމަންޓް ޕްލޭން ޚިޔާރުކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހަށް ކޮންމެ މަހަކު 18 ޖީބީ ބޯނަސް ޑޭޓާ އާއި އެކު އިންޓަނެޓް ގެ ތަޖުރިބާ އިތުރަށް ފުރިހަމަވާނެއެވެ.