ޅ. ނައިފަރުގައި "ގަވަމަންޓް އީލެޓާ މެނޭޖްމަންޓް ސިސްޓަމް"(ޖެމްސް) ގެ ހިދުމަތް ބޭނުންކުރަން ފަށައިފި އެވެ.

ސަރުކާރުގެ އިދާރާތަކުގެ ހިންގުން ރަނގަޅުކޮށް ލުއި ފަސޭހަ ގޮތެއްގައި ހިދުމަތް ފޯރުކޮއްދިނުމަށް ސަރުކާރުގެ މުއައްސަސާތަކުގެ ސިޓީއާއި ލިޔެކިއުންތައް އިލެކްޓޯނިކްސް އަށް ބަދަލުކުރުމަށް ޓަކައި ބޭނުންކުރަމުންދާ ޖެމްސްގެ ހިދުމަތް ނައިފަރުގައި ބޭނުންކުރަން ފަށާފައިވަނީ އިއްޔެ އެވެ.

ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލެޖީ އިން ބުނީ ނައިފަރުގައި މި ސިސްޓަމް ބޭނުންކުރަން ފެށުމުގެ ކުރިން ސިސްޓަމަށް މުވައްޒިފުން އަހުލުވެރިކުރުމުގެ ގޮތުން ތަމްރީނުތަށް ދީފައިވާނެ ކަމަށެވެ.

ޖެމްސް ސިސްޓަމުގެ ބޭނުން މިހާރު ވެސް މާލޭގައިވާ ސަރުކާރުގެ 112 އިދާރާއެއްގަޔާއި ރާއްޖެތެރޭގެ 95 އިދާރާއެއްގައި ބޭނުން ކުރަމުން ގެންދެ އެވެ.