30 Aug 2023, 00:11
"ސަންގު ޓީވީ" އިން އިންތިޒާމުކޮށްގެން ބާއްވާ ރިޔާސީ ބަހުސް އަންނަ ހޮނިހިރު ދުވަހަށް ތާވަލުކޮށްފިއެވެ.
އެ ޓީވީގެ ނިއުސް ހެޑް ޝަހުބާން ފަހުމީ މިރޭ "ސަން"އަށް ވިދާޅުވީ އެ ބަހުސްގައި ވާދަކުރުމުގެ ދައުވަތު ދީފައިވާ، ސިޔާސީ ޕާޓީތަކުން ވާދަކުރާ ފަސް ކެންޑިޑޭޓުން ވެސް ބަހުސްގައި ބައިވެރިވެފައިވާކަމަށެވެ.
ޕާޓީތަކުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން
- ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު - އެމްޑީޕީ
- ޑރ. މުޙައްމަދު މުއިއްޒު - ޕީއެންސީ
- އިލްޔާސް ލަބީބު - ދަ ޑިމޮކްރެޓްސް
- ގާސިމް އިބްރާހީމް - ޖުމްހޫރީ ޕާޓީ
- މުޙައްމަދު ނާޒިމް - އެމްއެންޕީ
އޭގެ ތެރޭގައި ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމާމެދު، ސުވާލު އުފެދިފައިވާ، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ހިމެނެއެވެ.
މީގެ ކުރިން ރައީސް ވަނީ ކެންޕޭނަށް ވަގުތު ދިނުމުގެ ގޮތުން އެ ބަހުސްގައި ބައިވެރި ނުވެވޭނެ ކަމަށް އަންގަވާފައެވެ. އަދި، ޕީއެސްއެމުން އޭރު އިންތިޒާމު ކުރަމުންދިޔަ ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެކަން އެންގެވިއެވެ ކުރެއްވިއެވެ.
ނަމަވެސް، މިއަދު ޕީއެސްއެމުން ވަނީ އެ ބަހުސް ކެންސަލްކޮށް، ސަންގު ޓީވީއާ ގުޅިގެން ބަހުސް ގެންދިއުމަށް ނިންމާފައެވެ.
ޝަހުބާން ވިދާޅުވީ ބަހުސް ދެއްކުމަށް ހަމަޖެހިފައިވަނީ އެރޭ 09:00 އިން ފެށިގެން ކަމަށެވެ.