ކާރއެމްވީއިން ވެހިކަލް ވިޔަފާރީގެ މަލަމަތި ބަދަލުކޮއްލަނީއެވެ. މިހާރު ރާއްޖޭގެ ވެހިކަލް މާކެޓްގައި އެވެރެޖްކޮށް ވިއްކަމުންދަނީ ގެއްލުންވެފައިވާ ނުވަތަ އެކްސިޑެންޓްވެފައިވާ ވެހިކަލްތައް މަރާމާތު ކުރުމަށްފަހުގައެވެ. ނަމަވެސް ކާރއެމްވީއިން، މުޅިން އާ ކާރުގެ އިތުރުން، އެއްވެސް ގެއްލުމެއް ލިބިފައި ނެތް، ކުރިން ބޭނުންކޮށްފައިވީ ނަމަވެސް އާ ވެހިކަލްއަކާ އެއްގޮތް ކާރު ލިބެން ހުރެއެވެ.

ރާއްޖޭގެ މަގުތަކުން ފެންނަ ހުރިހާ ބްރޭންޑުގެ ކާރުވެސް ހެޔޮ އަގުގައި އެ ކަސްޓަމަރެއް ބޭނުންވާ ކުއަލިޓީގައި، ބޭނުންވާ ސްޓޭންޑާޑެއްގައި ކާރއެމްވީ އިން ކަސްޓަމަރަށް ފޯރުކޮށްދެއެވެ.

މި އަހަރު ސަރުކާރުގެ މުއައްސަސާތަކަށް ވަރަށް ޚާއްޞަ ޑިސްކައުންޓް ޕްރޮމޯޝަނެއް ކާރއެމްވީ އިން ހިންގައިފައިވެއެވެ. އަދި ރިސޯޓް މުވައްޒަފުންނާއި، އަމިއްލަ ވިޔަފާރަވެރިންނާއި، މަސްވެރިންނާއި ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން އޮކްޓޯބަރު މަހު ވަރަށް ޚާއްޞަ ޕްރޮމޯޝަނެއް ހިންގުމަށް ކާރއެމްވީއިން ދަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭގެ މަގުތަކުން ފެންނަ ހުރިހާ ބްރޭންޑުގެ ކާރުވެސް ހެޔޮ އަގުގައި ކާރއެމްވީއިން ލިބޭނެ -- ފޮޓޯ/ ކާރއެމްވީ

މި ޕްރޮމޯޝަންގެ ތެރެއިން ހެޔޮ އަގުތަކުގައި ކާރެއް ގަނެލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ކާރއެމްވީއިން ވަނީ ބުނެފައެވެ.

ކާރއެމްވީއިން ނަގާ ކޮންމެ ކާރެއްގެ ވެސް ފުލް އިންޝުއަރެންސް ކަވަރު ކޮށްދެއެވެ. އަދި ސްޕެއާ ޕާޓެއް ބޭނުންވެއްޖެ ހާލަތެއްގެ ސްޕެއާ ޕާޓްސް ކާރއެމްވީ އިން ފޯރުކޮށްދޭނެއެވެ.

ރާއްޖޭގެ މަގުތަކުން ފެންނަ ހުރިހާ ބްރޭންޑުގެ ކާރުވެސް ހެޔޮ އަގުގައި ކާރއެމްވީއިން ލިބޭނެ -- ފޮޓޯ/ ކާރއެމްވީ

ކާރއެމްވީގެ އަމާޒަކީ ހެޔޮއަގުގައި، ކަސްޓަމަރު ހިތްހަމަޖެހޭ ކުއަލިޓީ ކާރު ފޯރުކޮށްދިނުމުގައި ދެމިތިބުމެވެ.

ކާރއެމްވީގެ ނަމްބަރު 9666179އަށް ވަޓްސްއެޕް ކުރުމުން ނުވަތަ ކާރއެމްވީސޯޝަލް މީޑިޔާ ޕްލެޓްފޯމްތައްމެދުވެރިކޮށް ވެސް ޚިދުމަތް ލިބޭނެއެވެ.