ކުރިއަށް އޮތް ދައުރުގައި މިހާރު ތ. ތިމަރަފުއްޓާ އެއްފަސްކޮށް އޮންނަ ހިރިޔަންފުށީގައި ސިޓީ ހޮޓަލެއް އަަޅައިދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންފިއެވެ.

ރޭ ތިމަރަފުށީގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޓޫރިޒަމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ކުރުމަކީ ރާއްޖެއަށް ގެންނަ ބޮޑު ބަދަލުގެ އެއް މަސައްކަތް ކަމަށެވެ.

އެހެންނަމަވެސް ތ. އަތޮޅު އަދި އޮތީ ފަތުރުވެރިކަމަށް މާ ބޮޑު މަސައްކަތެއް ނުކުރެވި އޮތް ސަރަހައްދެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެެވެ. .

"ތ. އަތޮޅަކީ އޭގެ ނަސީބު އަދި ލިިބިފަައި ނެތް އަތޮޅެއް. މަދު ރަށްރަށެއް ނޫނިއްޔާ ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވިފައެއް ނުވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ތިމަރަފުށީގައި އެއާޕޯޓު އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ އެއާޕޯޓުގެ މަސައްކަތް ވެސް އެންމެ ރަނގަޅު ގޮތުގައި ފަށައިގަންނާނީ ފަތުރުވެރިކަމުގެ ވަސީލަަތްތައް ތަރައްގީ ކުރެވިގެން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް ތަނުގައި ހިރިޔަންފުށީގައި ސިޓީ ހޮޓަލެއް އަޅުގަނޑު އިއުލާންކުރާނަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ މި ރަށުގައި ހިންގާނެ އިތުރު މަޝްރޫތައް އިއުލާން ކުރައްވައިފައެވެ. އެ ކަންކަމަކީ:

  • ކަނިމީދޫގަައި ޓޫރިޒަމް ރިސޯޓެއް ހިންގަން ހުޅުވައިިލުން

  • ބަނދަރު ބޮޑުކުރުން
  • ފުޓުބޯޅަ ދަނޑުގައި ލައިޓް
  • އިތުރު މަގުތައް ހެދުން

ވޭމަންޑުއަށް ކޮށްދެއްވާނެ ކަންކަން:

  • އިރުމަތީ ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުން

  • ވޭމަންޑުއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅައިލުން
  • ބޮޑެތި މަގުތައް ޒަމާނީކޮށް ތަރައްގީކުރުން
  • ބިން ހިއްކުން