މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރާއި ލޯބިވެރިޔާ މަލައިކާގެ ގުޅުމަށް ނިމުމެއް ނާންނަ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އަރުޖުންއާއި މަލައިކާގެ ގުޅުމުގައި ކުނި ޖެހިފައިވާ ކަމަށް ޚަބަރު ފެތުރިފައިވަނީ މަލައިކާގެ އިންސްޓަގްރާމް އެކައުންޓުން އަރުޖުންގެ ކޮއްކޮއިން ކަމަށްވާ އަންޝުލާ ކަޕޫރާއި ބަތަލާ ޖާންވީ ކަޕޫރު އަންފޮލޯކުރުމާ ގުޅިގެންނެވެ.

އިންޑިއާގެ މުނިފޫފިލުވާ ޚަބަރަތަކުން މަލައިކާއާއި އަރުޖުންގެ ގުޅުމުގައި މައްސަލަ އުފެދި ދެ މީހުން ވަކިވަ ޚަބަރަށް ނިމުން އައިސްފައިވަނީ ދެ ތަރިން އެކީގައި މުމްބާއިގެ ރެސްޓޯރެންޓަކުން ނުކުންނަ މަންޒަރު ރިޕޯޓަރުންނަށް ފެނުނު ހިސާބުން ފެށިގެންނެވެ. މީޑިއާ ރިޕޯޓުތަކުން އަރުޖުންއާއި މަލައިކާ ރުޅިވި ޚަބަރުތައް ލިޔަން ފެށުމުން އަރުޖުންވަނީ މަލައިކާގެ ޕެޓްއާ އެކު ފޮޓޯއެއް ޕޯސްޓުކޮށް މަލައިކާގެ މަތިން ވަރަށް ހަނދާންވާ ކަމަށް ޕޯސްޓުގައި ލިޔެފައެވެ.

އަރުޖުން ކޮއްކޮ އަންޝުލާއާއި ޖާންވީ ކަޕޫރަކީ މަލައިކާއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތްތަކަށްވާއިރު އަމިއްލަ އިންސްޓަގްރާމްއިން އަންޝުލާއާއި ޖާންވީ އަންފޮލޯކުރި ސަބަބެއް މަލައިކާ ހާމަކޮށްފައެއް ނުވެއެވެ. މަލައިކާއަކީ އަރުޖުންގެ ބޮޑު ބޭބެ އަދި އެކްޓަރު އަނިލް ކަޕޫރާއި އަންހެނުން ސުނީތާއާއި ސަންޖޭ ކަޕޫރުގެ ދެމަފިރިންނާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ފަންނާނެކެވެ. ހަމައެއާ އެކު އެއާއިލާއަށް ނިސްބަތްވާ ބަތަލާ ސޯނަމް ކަޕޫރާއި ޕްރޮޑިއުސަރު ރެއާ ކަޕޫރަކީވެސް މަލައިކާގެ ވަރަށް ގާތް ރަހްމަތްތެރީންވެސްމެއެވެ.

އަރުޖުންއާއި މަލައިކާގެ ގުޅުމަށް އަމާޒުކޮށް އިންޑިއާގެ ގިނަ ބަޔަކު ފާޑުކީނަމަވެސް ދެ މީހުންވެސް ބުނެފައިވަނީ އެކަމަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށެވެ. އަރުޖުންއާއި ގުޅުމުގެކުރިން މަލައިކާ ކައިވެނިކޮށްގެން އުޅުނީ ސަލްމާން ޚާންގެ ކޮއްކޮ އަދި އެކްޓަރު އަރުބާޒް ޚާންއާއެވެ. ދެ މީހުންގެ 21 އަހަރުގެ ފިރިހެން ކުއްޖަކު ހުރެއެވެ.