09 May 2012, 13:05
އއ. މަތިވެރި ކައުންސިލާއި އދ. ހަންޏާމީދޫ ކައުންސިލްގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެމްޑީޕީން ބުނީ އެ ދެ ބައި އިލެކްޝަނަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ޝަރުތުހަމަވާ އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ އިންތިހާބުގައި ވާދަކުރާނެ މީހަކު ކަނޑައަޅާނީ އެ ޕާޓީގެ ޕްރައިމަރީ އަކުން ކަމަށެވެ.
އަދި އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުން އެމްޑީޕީގެ ޕްރައިމަރީ ބާއްވާނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށް އެ ޕާޓީން ބުންޏެވެ.
އއ. މަތިވެރި ކައުންސިލާއި އދ. ހަންޏާމީދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އައްޔަން ކުރުމަށް ބާއްވާ ބައި އިލެކްޝަން އިންތިހާބު ބޭއްވުމަށް ހަމަ ޖައްސާފައި ވަނީ އަންނަ މަހުހެ 23 ވާ ހޮނިހިރު ދުވަހު އެވެ.