27 Aug 2023, 13:32
ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން އިއްޔެ ހޯދަން ފެށި ހއ. ބާރަށު ސައިނިންސްޓާ، މުޙައްމަދު ތަޢުފީޤު، 35 ފެނިއްޖެއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ އޭނާ ފެނުނުއިރު އޭނާގެ ހާލު ރަނގަޅުކަމަށެވެ.
އެހެންނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން، މިދިޔަ އަންގާރަ ދުވަހު 11:00 ހާއިރު ކަމަށް ބުނެ ފުލުހުންނަށް، އޭނާ ގެއްލިގެން ރިޕޯޓު ކޮށްފައި ވަނީ އިއްޔެ މެންދުރު 01:30 ހާއިރުއެވެ.