ސްކޫލު ކުއްޖެއްގެ ދުވަސް ހޭދަވަނީ ކިޔެވުމާއި، ސްކޫލުގެ އެކި ހަރަކާތްތަކުގައި ވަރަށް ބުރަކޮށް، ހާސްކަން މަތީގައެވެ. މިހެން އުޅުމުގެ ތެރޭގައި ލިބޭ ހަމައެކަނި ބްރޭކަކީ އިންޓަވަލް ގަޑިއެވެ. އެ ގަޑީ ހަށިގަނޑަށް ފައިދާހުރި ކެއުމެއް ނުވަތަ ބުއިމެއް ލިބުމަކީ ކޮންމެހެނަކުން ވެސް މުހިއްމު ކަމެކެވެ.

ވިލާ މާޓުން އެކްސްކްލޫސިވްކޮށް ރާއްޖެ ގެންނަ އަލްމަރާއީ ބްރޭންޑުގެ އުފެއްދުންތަކަކީ މި މުހިއްމު ވަގުތުކޮޅަށް އެންމެ އެކަށޭނަ އެއް ބުއިންތަކެވެ.

ކިރާއި، ޖޫސް ފަދަ ބުއިންތަކަކީ ކުދިން ޑީހައިޑްރޭޓް ވުމުން ދުރުކޮށްދީ، ގައިގައި ވަރުޖައްސައިދޭ ކާނާއެކެވެ. ޚާއްޞަކޮށް، ކިރުގައި ހުންނަ ކެލްސިއަމް، ޕްރޮޓީން އަދި ވިޓަމިންތަކުން ކުއްޖާގެ ކަށިތަކާއި، ދަތްތައް ވަރުގަދަކޮށްދީ، މަސްތަކުގެ ހެދިބޮޑުވުމަށް މަގުފަހިކޮށްދެއެވެ. އަދި ތާޒާ މޭވާއިން ތައްޔާރުކޮށްފައި ހުންނަ ޖޫހުން މުހިއްމު ވިޓަމިންތަކުގެ އިތުރުން، އެންޓިއޮކްސިޑެންޓްސް ވެސް ލިއްބައިދެއެވެ.

އަލްމަރާއީ ކިރު، އަދި މޭވާ ޖޫސް ޕެކެޓުތައް ވިލާ މާޓުގެ ހަރުތައް ފުރާ ބަރިޖަހާލާފައި މިހާރު އެބަ ހުއްޓެވެ. ކުދިންނަށް އެންމެ ހެޔޮވަރު 200 އެމްއެލްގެ ޕެކެޓުތަކުގައި ކުދިންގެ ހެދިބޮޑުވުމާއި، ދުޅަހެޔޮކަމަށް ބޭނުންވާ އަސާސީ ގިނަ މާއްދާތަކެއް ހިމެނެއެވެ.

ކަނޑާލުމުގެ ކުރިން ފިނިކުރަން ނުޖެހޭ އަދި، އުފުލާ ގެންގުޅެން ފަސޭހަ މި ޕެކެޓުތަކަކީ ދެގަޑި ދޭތެރޭ ލިބޭ ހުސްވަގުތުގައި ވެސް ހުސްކޮށްލައި، ހަށިގަނޑު ތާޒާކޮށްލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕެކެޓެކެވެ.

އެ އުފެއްދުންތަކާ ބެހޭ އިތުރު މައުލޫމާތު ވިލާ މާޓުގެ ވެބްސައިޓުން ލިބޭނެއެވެ. އަދި އީކޮމާސް ޕްލެޓްފޯމެއްގެ ގޮތުގައި ވެސް އެ ވެބްސައިޓް ބޭނުންކުރެވެއެވެ. މީގެ އިތުރުން ޕްލޭ ސްޓޯރުންނާއި، އެޕް ސްޓޯރުން ލިބެން ހުރި ވިލާ މާޓުގެ އެޕު މެދުވެރިކޮށް ވެސް އެ ޚިދުމަތްތައް ލިބޭނެއެވެ.