09 May 2012, 00:39
މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރަށް ހުކުމް ކޮށްފައި ހުރި މީހަކު ފިލައިގެން އުޅެނިކޮށް މަސްތުވާތަކެއްޗާ އެކު ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިރޭ 8:15 އެހާކަންހާއިރު ސ. މީދޫ، ސަމާ، މޫސާ އިބްރާހިމް ދީދީ 46އ. ހައްޔަރުކޮށްފައިވަނީ ސ. މީދޫން ކަމަށެވެ. ފުލުހުން ބުނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަންގައި މޫސާ އިބްރާހިމް ހައްޔަރުކޮށްފައި ވަނީ އޭނާ މީދޫ ބޮޑުމަގުން ހިނގާފައި ދަނިކޮށް ކަމަށެވެ. އަދި ބުނީ އޭނާ ބަލައި ފާސްކުރީއިރު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަތަރު ޕެކެޓް އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.
މި ފަހަކަށް އައިސް މަސްތުވާތަކެއްޗާއި ގުޅުން ހުރި ތަފާތު މައްސަލަތަކުގައި އައްޑޫން މީހުން ހައްޔަރުކުރުން ވަނީ އާންމު ކަމަކަށް ވެފަ އެވެ.