24 Aug 2023, 08:45
މާލޭގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ގެއްލުންތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މ. ހުދުކަނީރުގޭގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ 7:45ހާއިރު ކަމަށެވެ.
ސިފައިން ބުނީ ރޯވެފައި ވަނީ ހާޑްވެއާ ސާމާނު ރައްކާކުރާ ގުދަނެއްގައި ކަމަށާއި މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
"މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ،" ސިފައިން ބުންޏެވެ.
ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނީ އެ ގުދަނުގެ މަތީގައި ދެ ކޮޓަރިއެއް ހުންނަ ކަމަށާއި އެ ދެ ކޮޓަރީގައި ފަސް ބިދޭސީން އުޅޭ ކަމަށެވެ. އެ ފަސް މީހުން, އެ މީހުންގެ ވެރިމީހާއާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.