08 May 2012, 22:10
އިންވެސްޓިގޭޝަން އޮފިސާ ކޯސް 1، 2، އަދި ސެމިނާ އޮން އެންހޭންސިން އިންވެސްޓިގޭޓިވް ޕްރެކްޓިސް ކޯސް ނިންމި ބައިވެރިންނަށާއި ވަނަތަކަށް ދިޔަ ފުލުހުންނަށް ސެޓްފިކެޓްދީފި އެވެ.
މިއަދު އިސްކަންދަރުކޮށީގައި އޮތް ރަސްމިއްޔާތުގައި އިންވެސްޓިގޭޝަން އޮފިސަރު ކޯސް ނިންމި ފުލުހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވި ފުލުހުންގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ފާތިމަތު ފިލްޒާ ވިދާޅުވީ ފުލުހުންނަކީ ގާނޫނު ނެގެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ފަރާތް ކަމަށާއި އަދި އެ ޒިންމާ ވީހާ ވެސް އިންސާފުވެރިކަމާ ތެދުވެރިކަމާ އެކު ކުރުމަށް ގޮވާލެއްވި އެވެ.
ފިލްޒާ ވަނީ ފުލުހުންގެ ތަހުގީގުތައް ކުރާ އިރު ވީހާ ވެސް އިންސާފުވެރިކަމާ އެކު ކުރުމަށް ގޮވާލާފަ އެވެ. އަދި ތަހުގީގުތައް ކުރާއިރު ތުހުމަތު ކުރާ ފަރާތްތަކަށް ލިބިގެންވާ ހައްގުތައް ފުރިހަމައަށް ދިނުމަށް ވެސް ގޮވާލެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިންވެސްޓިގޭޝަން ކޯސް ފުރިހަމަ ކުރި ބައިވެރިންގެ ތެރެއިން އެއް ވަނަ ދިޔަ ފުލުހުންނަށް ވަނީ ހަނދާނީ ލިއުމާއި ތަށި ހަވާލުކޮށްފަ އެވެ.