އދ. ހަންޏާމީދޫ އާއި އއ. މަތިވެރީ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަން ބާއްވާ ބައި އިލެކްޝަން އިއުލާން ކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މި ދެ ރަށުގެ ކައުންސިލުގެ ބައި އިލެކްޝަން ބާއްވާނީ އަންނަ މަހުހެ 23 ވާ ހޮނިހިރު ދުވަހު ކަމަށެވެ.

ދެ ރަށުގެ ބައި އިލެކްޝަން އިއުލާން ކުރުމަށް ފަހު ދެ ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އެ ގޮތުން އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން މިމަހުގެ 22 އަށެވެ.