ޓެކްނޮލޮޖީގެ އެކި އުފެއްދުންތައް އަތްފޯރާ ފަށުގައި ލިބެން ހުންނަ "ބެސްޓް ބައި މޯބައިލް"ގެ އާ ފިހާރައެއް މާލޭ މަޖީދީ މަގުގައި ހުޅުވައިފިއެވެ.

"ބެސްޓް ބައި މޯބައިލް ސެންޓްރަލް"ގެ ނަމުގައި މަޖީދީ މަގުގައި ހުޅުވި އެ ފިހާރަ ހުންނާނީ ރެޑްވޭވް ސެންޓްރަލް/ ކުރީގެ އަގޯރާ ފިހާރަ ކުރިމަތީގައެވެ.

ދެ ބުރިއަށް ހަދާފައި ހުރި އެ ފިހާރައަކީ މިހާތަނަށް އެ ކުންފުނިން ހުޅުވި އެންމެ ޖާގަ ތަނަވަސް ފިހާރައެވެ. އޭގެ އިތުރުން، ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކުރިމައްޗާއި، މާވެޔޮމަގު އޭޑީކޭ ފާމަސީ ކުރިމަތީ ވެސް ބެސްޓް ބައި މޯބައިލްގެ އައުޓްލެޓުތައް ހިންގައެވެ.

އެހެން ފިހާރަތަކެކޭ ވެސް އެއްފަދައިން، އަލަށް ހުޅުވި ފިހާރައިން ވެސް އެ ކުންފުނިން ވިއްކާ ހުރިހާ ބްރޭންޑެއްގެ ފޯނާއި، އެކްސެސަރީ ލިބޭނެ ކަމަށް ބެސްޓް ބައި މޯބައިލް އިން ބުނެއެވެ.

ބެސްޓް ބައި މޯބައިލް އިން މަޖީދީ މަގުގައި އަލަށް ހުޅުވި ފިހާރަ ---

މީގެ އިތުރުން ފިހާރައިގެ ދެވަނަ ބުރީގައި، ކޮމްޕިއުޓަރާއި، ލެޕްޓޮޕް އަދި އެއާ ގުޅުން ހުރި ސާމާނު ލިބެން ހުންނާނެއެވެ. މިއީ އެ ކުންފުނިން އަލަށް ފަށާ ވިޔަފާރިއެކެވެ.

މީގެ އިތުރުން ދުނިޔޭގެ މަޝްހޫރު ޖޭބީއެލް ސްޕީކަރާއި، ފީއެސް-5 އަދި ގޭމިންގެ ހާއްސަ ސާމާނު ލިބޭނެއެވެ.

ބެސްޓް ބައި މޯބައިލް އިން މަޖީދީ މަގުގައި އަލަށް ހުޅުވި ފިހާރަ ---

އެ ފިހާރައިން ގަންނަ އުފެއްދުންތައް ރާއްޖޭގެ ގިނަ ކްރެޑިޓް ސްކީމުތައް މެދުވެރިކޮށް ނެގޭނެއެވެ. އެގޮތުން؛

  • ޕޮލްކޯ ސްކީމް

  • އިސްލާމިކް ބޭންކް
  • އެމްއެފްއެލްސީ
  • ބީއެމްއެލް އީޒީ
  • ބީއެމްއެލް އިސްލާމިކް ކްރެޑިޓް ސްކީމް

އެ ފިހާރައިން ބަލައިގަންނާނެއެވެ.

ބެސްޓް ބައި މޯބައިލްގެ ތިން ފިހާރައިގެ ޑެލިވަރީ ޚިދުމަތް މާލޭގެ ހުރިހާ ސަރަހައްދުތަކަށާއި، މާލޭ ފަޅުގައި ހުންނަ އުޅަނދުތަކަށް ލިބޭނެއެވެ.