08 May 2012, 13:11
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މާލޭގެ ހުރިހާ ބުރާންޗަކުން ވެސް ލުއިލޯނުގެ އެޕްލިކޭޝަން ބަލައިގަންނަ ގޮތަށް ހަމަޖައްސައިފި އެވެ.
ބީއެމްއެލްގެ މާކެޓިން ޕީއާރް ހުސެއިން ރަޝީދު ވިދާޅުވީ މިއަދުން ފެށިގެން ހުރިހާ ބުރާންޗަކުން ވެސް ލުއި ލޯނު އެޕްލިކޭޝަނާއި ފައިސާބަލައިގަންނާނެ ކަމަށެވެ.
"މިހިދުމަތަކީ ކަސްޓަމަރުނަށް ދޭ ހިދުމަތް ރަނގަޅުކޮށް ކުރިއަށްވުރެ ފަސޭހައިން ލުއި ލޯނު ދިނުމަށް ގެނެވުނު ބަދަލެއް،" ހުސެއިން ވިދާޅުވި އެވެ.
ދިވެހި ބޭންކުން ކުރިން މިހިދުމަތް ދެމުން ގެންދިޔައީ ބޭންކުގެ ޑިވެލޮޕްމެންޓް ބޭންކިން ސެލްއިން އެވެ. ނަމަވެސް މިއަދުން ފެށިގެން މާލޭގެ ކޮންމެ ބުރާންޗަކުން ވެސް މި ހިދުމަތް ލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
ބީއެމްއެލްއިން ބުނީ މި ހިދުމަތްތަށް ބުރާންޗުތަކަށް ބަދަލު ކުރިނަމަސް މާލެ އަތޮޅުގެ ކަސްޓަމަރުނަށް ހިދުމަތް ދިނުމަށް ބޭންކުން ކުރަމުންދިޔަ ދަތުރުތަށް ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.