18 Aug 2023, 18:01
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް މުޅި ޖުމުލަ 9،887 އެޕްލިކޭޝަން ރާއްޖޭން ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު އިއްޔެއާ ހަމައަށް ހަމަވެފައި ވާއިރު، ހަބީބް މިއަދު ވަނީ އެ އަދަދުތައް ހާމަކުރައްވާފައެވެ.
އެގޮތުން، ސިޔާސީ ޕާޓީތަކުގެ ފަރާތުން މަންދޫބުންނަށް ވުމަށް ލިބިފައި ވާ 1735 ފޯމުގެ ތެރޭގައި ހިމެނެނީ:
އެމްޑީޕީ: 458
- ޖޭޕީ: 217
- ޕީއެންސީ: 548
- އެމްއެންޕީ: 271
- ދަޑިމޮކްރެޓްސް: 241
މީގެ އިތުރުން އިންތިޚާބުގެ މޮނީޓަރުންގެ ގޮތުގައި 4545 ފޯމް ލިބިފައި ވާއިރު، 3607 އޮބްޒާވަރުން ވަނީ ލިބިފައެވެ.
ހަބީބް ވިދާޅުވީ މިހާރު ކުރިއަށް ދަނީ، އެޕްލިކޭޝަންތަކުގެ ސައްޙަކަން ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތް ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ހަބީބް ވަނީ، އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާން އިތުރު 500 އޮފިޝަލުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.