08 May 2012, 11:50
އަން މަހު 6 ން 10 ޗައިނާގައި ބާއްވާ ކުންމިން ފެއާގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިނަށް ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ 20 ވަނަ ޗައިނާ އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއާ (ކުންމިންގ ފެއާ) އަދި ފަސް ވަނަ ސައުތު އޭޝިއަން ކަންޓްރީސް ޓްރޭޑް ފެއާގައި ރާއްޖެއިން ބައިވެރިމުގެ ދައުވަތު، ޗައިނާ ސަރުކާރުން ދިނުމުން އެ ފުރުސަތު ދިވެހި ވިޔަފާރިވެރިނަށް ހުޅުވާލައި ބައިވެރިވުމަށް އިއުލާންކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީގެ ނޫސްބަޔާނެއްގައި ބުނަނީ މިނިސްޓްރީން ގަސްތުކުރަނީ އެ ފެއާގައި ދިވެހި އުފެއްދުންތައް ބައިވެރިކޮށް ޗައިނާގެ ވިޔަފާރިތަކާއެކު ވިޔަފާރިކުރަމުން އަންނަ ފަރާތްތަކާއި އަދި ޗައިނާގެ ވިޔަފާރިތަކާއިއެކު ވިޔަފާރިކުރުމަށް ގަސްތުކުރާފަރާތްތަކަށް ފުރުސަތު ދިނުމަށް ކަމަށެވެ.
ފެއާގައި ރާއްޖޭގެ ވިޔަފާރި ތަކުގެ ތެރެއިން ތިން ފަރާތަކަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެތިން ފަރާތެއް ހޮވާނީ ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ކަނޑަ އަޅާ ސަރުތުތަކެއް ހަމަވާ ތިން ފަރާތެކެވެ.
މިނިސްޓުރީން ބުނިގޮތުގައި ދިވެހި އުފެއްދުންތައް ދައްކާލުމާއެކު ޗައިނާއާ އެކު މިހާރު ވެސް ވިޔަފާރި ކުރަމުންދާ ފަރާތްތަކާއި އަދި ވިޔަފާރި ކުރުމަށް ގަސްތުކުރާ ފަރާތްތަކަށް ފެއާއކީ ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.