ވައިގެ މަގުން އައްޑު އަށް 50 ބުލެޓް ސައިޒުގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ރޭ 11 ޖަހާ އެހާކަންހާއިރު، ކަމަށެވެ. އަދި އެ މީހުން ހައްޔަރު ކުރީ މާލެ އިން އައްޑުއަށްގޮސް އެއާޕޯޓުން ނުކުމެގެން ދަނިކޮށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން ކަމަށެވެ. ނަމަވެސް އެމީހުން ހައްޔަރު ކުރީ ކޮން ހިސާބަކުން ކަމެއް ފުލުހުން ނުބުނެ އެވެ. އަދި އެމީހުންނާ ބެހޭ ތަފްސީލެއް ވެސް ހާމައެއްނުކުރެ އެވެ.

ކުދި ބިސްކޯދު ދެ ޑަބިޔަލެއްގައި ފޮރުވައިގެން އައްޑުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ތިން ފިރިހެނަކާއި އަންހެނަކު މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އަދި ފުލުހުން ވަނީ މި މަހުގެ ތެރޭގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ވެސް ފަޅާއަރުވާލައި ތިން މީހަކު ހައްޔަރުކޮށްފަ އެވެ.