16 Aug 2023, 13:25
އައިޖީއެމްއެޗުގައި ކެންސަރުގެ ބަލި މީހުންނަށް ހާއްސަ ވޯޑެއް ހުޅުވައިފިއެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ވޯޑު ހުޅުއްވައިދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމެވެ.
ބީއެމްއެލްގެ އެހީގައި ގާއިމުކުރި، އަށް އެނދުގެ އެ ވޯޑުގައި ބަލި މީހުންނަށް ހާއްސަ ދެ ފާހާނާ އާއި، ނާސިން ސްޓޭޝަނަކާއި، ވެއިޓިން އޭރިއަކާއި، ސްޓާފް އޭރިއާއެއްގެ އިތުރުން، މެޑިކަލް ސްޓޯރ ރޫމަކާއި، އިދާރީ އޮފީީހެއް ހުރެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ސިއްހީ ހިދުމަތް ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކްލީފް ކުޑަކުރުމަށް މިސަރުކާރުން އަތޮޅުތަކުގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށްވެސް ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުން ދާކަމަށެވެ.
އެގޮތުން، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީ ކުރެވި، ކޮންމެ މަހަކު ކަހަލަ ގޮތަކަށް، އާ ހިދުމަތްތައް ތައާރަފުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ކެންސަރުގެ ފަރުވާއަށް ހާއްސަ، އޮންކޮލޮޖީ ޑިޕާޓްމެންޓެއްގެ މުހިއްމުކަން ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.