16 Aug 2023, 09:48
ފުލުހުން ބަލަމުން ދާ ފޯޖެރީގެ މައްސަލައެއްގައި އަލީ ޝާހިދު (ސްޓެޕް އައްޔަ) ހޯދަން އިއުލާނު ކޮށްފިއެވެ.
ފުލުހުން ބުނީ 43 އަހަރުގެ އަލީ ޝާހިދު ހޯދަމުން ދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުން އަންނަ ފޯޖަރީގެ މައްސަލައެއްގައި ތަހުޤީގަށް ހާޒިރު ކުރުމުގެ ޗިޓު ހަވާލު ނުކުރެވި އޭނާ އުޅޭ ތަނެއް ނޭންގޭތީ ކަމަށެވެ.
މި މައްސަލައިގެ ތަހުޤީގަށް ސުވާލު ކުރުމަށް އޭނާ މި މަހު 24 ވަނަ ދުވަހުގެ 11:30އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންނަށް އޭނާ ހާޒިރުވާން ޖެހޭނެ ކަމަށް ވެސް ފުލުހުން ބުނެފައެވެ
ފުލުހުން ވަނީ ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަލީ ޝާހިދަށް އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.
އެކަަމަކު، ރޭ އެމްޓީޑީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވެސް އޭނާ ބައިވެރިވެފައިވެއެވެ.
މިދިޔަ އަހަރު ވެސް ފުލުހުން ތަހުގީގު ކުރި މައްސަލަ އަކާ ގުޅިގެން އޭނާ ހޯދަން ވަނީ އިއުލާނު ކޮށްފައެވެ.