07 May 2012, 20:13
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑާއި، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑާއި، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަލުން އެކުލަވައިލައްވައިފި އެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ހަމަޖެއްސެވީ، މއ. މަނާގޭ ޢަބްދުﷲ ފާއިޒެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު ޢަލީގެ އިތުރުން، އައްޑޫސިޓީ މީދޫ ހަސަންކާރިގޭ، އަޙްމަދު ނިޔާޒާއި، މއ. މަނަސް، ޢާމިރު މަންޞޫރާއި، ދަފްތަރު ނަންބަރު 1285 ޢަބްދުލްހާދީ ޙުސައިނާއި، ހ. އާޒާދެވާދީ ވިޒާދު ޢަލީއެވެ.
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ހަމަޖެއްސެވީ، އައްޑޫސިޓީ ހުޅުދޫ ނޫރީގޭ، އަޙްމަދު ޝަރީފެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. ޒައިދު މުޙަންމަދުގެ އިތުރުން، ހއ. އުތީމު ފިނިރޯޅި، ޢާއިޝަތު ޝިމްލާ އާއި، ދަފްތަރު ނަންބަރު 698 އަޙްމަދު އަބޫބަކުރާއި، ހ. ގާދޫ، މުޙަންމަދު ޢަޒީމާއި، މ. ފަތަޙަ، ޙުސައިން ފަހުމީއެވެ.
ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ހަމަޖެއްސެވީ، މ. އާސްތާނާ، އިބްރާހީމް ޢާޠިފް ޝަކޫރެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މ. ޖަވާހިރުވާދީ އިދުހާމް ޙުސައިނާއި، މ. ނާޒްލީ، މަންޒިލް އިލްޔާސް ފަރުހާދާއި، މއ. ޕެންޒީ، ޢާއިޝަތު ޝެރީނެވެ.