މަސްތުވާތަކެތީީގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރ. އުނގޫފާރު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އަތޮޅު ދުވާފަރު ފުލުހުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރީ ރ. ރަސްގެތީމު ރަބީއުގޭ އާދަމް ޢަބްދުއްރަޙްމާން 18، އާއި ރ. އަނގޮޅިތީމު ފެހިވިލާގޭ، ޔޫސުފް ރަޝީދު 37، އެވެ.
.
އާދަމް ޢަބްދުއްރަޙްމާން ހައްޔަރުކޮށްފައި ވަނީ މާލެއިން ރ. އަތޮޅަށް ދަތުރުކުރި ބޯޓެއް ރަސްގެތީމު ބަނދަރަށް ބަނދަރުކުރި ވަގުތުއެވެ. އޭނާ ހައްޔަރު ކޮށް ބަލާ ފާސް ކުރިއިރު އޭނާގެ ދަބަހުގެ ތެރޭގައި އޮތް ފަޓުލޫނެއްގެ ފައިކުރިތެރޭން މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއް އަޅާފައި ހުރި 14 ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބްލެޓް ސައިޒުގެ ރަބަރު ދެ ޕެކެޓެއް ފެނިފައި ވެއެވެ.

ޔޫސުފް ރަޝީދު ހައްޔަރު ކުރީ މާލެއިން ރ. އަތޮޅަށް ދަތުރުކުރި ބޯޓުގައި ރ. އަނގޮޅިތީމަށް ބަނދަރު ކުރިވަގުތު އެ ބޯޓައް އަރައި، އާދަމް ޢަބްދުއްރަޙްމާންގެ އަތުން ކޮަތަޅެއް ހިފަގެން އަނގޮޅިތީމަށް ފޭބުމުން އޭނާގެ ޙަރަކާތްތައް ބެލުމަށްފަހު އެވެ. އޭނާ ބަލާ ކުރިއިރު އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވޭ ބުލެޓް ސައިޒްގެ ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން އާދަމް ޢަބްދުއްރަޙްމާން ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރުމަށް ފަސް ދުވަހުގެ މުއްދަތު ވަނީ ދީފައެވެ. ޔޫސުފް ރަޝީދު ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރަން ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.