14 Aug 2023, 21:40
އެމްއެންޔޫ ފަހި މުސްތަގުބަލުގެ ހަތަރުވަނަ ސެޝަން މިއަދު ބާއްވައިފިއެވެ.
މި ސްޕީކާ ސީރީޒްގެ ހަތަރުވަނަ ސެޝަންގައި މިއަދު ވާހަކަދެއްކެވީ 40 އަހަރަށް ވުރެ ގިނަދުވަހު ސަރުކާރަށް ޚިދުމަތް ކޮށްދެއްވި، ބަންދު އިބްރާހިމް ސަލީމެވެ.
އޭނާ ވަނީ ރާއްޖެއިން ވޯލްޑް ބޭންކަށް ވައިސް ގަވަރުނަރެއްގެ ގޮތުގައި މަސައްކަތް ކުރަށްވައިފައެވެ. އަދި އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރެއްގެ ގޮތުގައިވެސް އޭނާ ވަނީ މަސައްކަތް ކުރައްވައިފައި ވެއެވެ.
ފަހި މުސްތަޤުބަލަކީ، އެކި ދާއިރާ ތަކުގެ ތަޖުރިބާކާރު ބޭބޭފުޅުން ވާހަކަދައްކާ ސްޕީކާ ސީރީޒްއެކެވެ. މި ސެޝަންތަކުގައި އެ ބޭބޭފުޅުންނަށް ދިރިއުޅުމުގައި ދިމާ ވެފައި ހުރި ދަތިތަކުގެ ވާހަކަތައް ހިއްސާ ކުރައްވާފައިވެއެވެ.
އަދި މީގެ އިތުރުން ދިރިއުޅުމުގައި ދިމާ ވެދާނެ ބައެއް އުނދަގޫތަކާ ކުރިމަތިލާނެ ގޮތާއި، އެ ހާލަތްތަކުގައި ވިސްނުން ގެންގުޅެންވީ ގޮތް ވެސް މި ސެޝަންތަކުގައި ކިޔާ ދެއްވައެވެ. ދިރިއުޅުމުގައި ދިމާވާ ދަތިއުނދަގޫތަށް ގަބޫލުކޮށް ވިސްނުންފުޅާ ކުރަން ވެސް މި ސެޝަންތަކުގެ އެހީގައި ބައިވެރިންނަށް ދަސްވެގެންދާނެއެވެ.
އެމްއެންޔޫ ފަހި މުސްތަޤުބަލުގެ މައިގަނޑު މަޤްސަދުތަކަކީ، ދަރިވަރުންގެ އުފެއްދުންތެރިކަން އިތުރުކޮށް، އެ ދަރިވަރުންނަކީ މަސައްކަތުގެ މައިދާނަށް ފައްކާވެފައިވާ ކަންކަމަށް ކުރިމަތިލާން ބިރު ނުގަންނަ ކުދިންތަކަކަށް ހެދުމާއި، އެއްކަހަލަ ތަޖުރިބާތަކެއް ދިމާވެފައި ހުރި މީހުންނާ ދިމާވެ، މި ސެޝަންތަކުގައި ބައިވެރިވާ ބައިވެރިންނަށް ކަންކަމަށް ހިތްވަރުދީ، އެމީހުންނަށް ބޭނުންވާ ލަނޑުދަނޑި ހާސިލްކުރުމަށް އެހީވުމެވެ.
މި ސްޕީކާ ސީރީޒްގެ މިއަހަރުގެ އެންމެ ފުރަތަމަ ސެޝަން އޮތީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.