ގދ. ފިޔޯރީއަށް އުދަ އަރަމުންދާ ކަމަށް އެ ރަށުން ބުނެފި އެވެ.

ފިޔޯރީ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ މިއަދު ވިދާޅުވީ އިއްޔެއިން ފެށިގެން އުދަ އަރަމުންދާ ކަމަށާއި ފުރަތަމަ އުދަ އަރަން ފެށީ އިއްޔެ މެންދުރުފަހު ކަމަށެވެ. އަދި ވިދާޅުވީ ރަށަށް އުދަ އަރަމުން ދަނީ ދެކޮޅުން ކަމަށާއި ރަށުގެ 300 ފޫޓް އެއްގަމަށް އުދަ އަރާފައިވާއިރު ރަށުގެ 15 ގެއަކަށް ލޮނުގަނޑު ވަދެފައިވާ ކަމަށެވެ.

"ލޮނުގަނޑު ވަދެ ގޭގޭގައި ހައްދާފައި ހުރި ބޮޑެތި ގަސްތައް މަރުވަމުން ވެސް އެބަދޭ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުވެސް އުދައަރަމުންދާ ކަމަށާއި މިހާތަނަށް މީހަކަށް އެއްވެސް ގެއްލުމެއް ވެފައިނުވާ ކަމަށެވެ. އުދަ އަރަމުންދާތީ ރައްކާތެރި ފިޔަވަޅުތައް އަޅައި ދިނުމަށް އެދިފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފިޔޯރީއަށް އުދަ އަރަނީ ދިޔަވަރު ބޮޑުވާ ދުވަސްވަރު ވެސް ރާޅު އަރާ ސަރަހައްދަކަށެވެ.

މީޓްރޮލޮޖިކަލް ސެންޓަރު (މެޓް) އިން ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދަށް އާންމުކޮށް އުދައަރާ ދުވަސް ވަރެއް ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރަމުންދާނެ ކަމަށެވެ.