07 May 2012, 15:18
ރެއާލް މެޑްރިޑުގެ އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ގޮންޒާލޯ ހިގުއައިން އެހެން ކުލަބަކަށް ވިއްކާލުމުގެ ހިޔާލެއް ނުގެންގުޅޭ ކަމަށް އެޓީމުގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މި ސީޒަނަށް ފަހު ހިގުއައިން ކުލަބް ދޫކޮށްދާން އުޅޭކަމަށް ބައެއް މީޑިއާ ރިޕޯޓްތަކުން ބުންމުންދާތީ، އިނގިރޭސި ބައެއް މީޑިއާތަކަށް ދިން އިންޓަވިއުގައި މޮރީނިއޯ ބުނެފައި ވަނީ، ހިގުއައިން ކުލަބް ދޫކޮށް ދާންއުޅޭ ކަމަށް މީޑިއާގައި ފެތުރިފައިވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ. އަދި ހިގުއައިން ކުލަބުގައި ހުރީ ހިތް ހަމަޖެހުމާއެކު، ކުރިއަށް އޮތްތާގައި ވެސް ކުލަބުގައި މަޑުކުރުމަށް އެބަސްވެގެން ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.
" ހިގުއައިން ވިއްކާލުމުގެ ހިޔާލެއް ނުގެން ގުޅެން. ހިގުއައިން ކުލަބް ދޫ ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް. ހިގުއައިން ދޫކޮށްލަން އުޅޭ ވާހަކަ ފާއިތުވި ސީޒަނުގައި ވެސް ވަރަށް ގަދަޔަށް ދެކެވުނު. އެފަހަރު ވެސް އެކަން ކާމިޔާބު ވާގޮތެއް ނުވި." މޮރީނިއޯ މުންޏެވެ.
ހިގުއައިން ވަނީ މި ސީޒަނުގައި ކުޅުނު 34 މެޗުން، 22 ގޯލް ކާމިޔާބު ކޮށްދީފައެވެ.