07 May 2012, 15:00
ހދ. ހިރިމަރަދޫ ކައުންސިލްގެ ރައީސާމެދު ހިތްހަމަ ނުޖެހިގެން ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ އިސްތިއުފާދެއްވައިފި އެވެ.
ޒިންމާދާރު ވެރިޔާ މުހައްމަދު ފަޒީލް އިސްތިއުފާދެއްވީ މިއަދު އެވެ.
އިސްތިއުފާ ދެއްވި ފަޒީލް ވިދާޅުވީ އޭނާ މަގާމު ދޫކޮށްލެއްވެވީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އޭނާއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުން ގެންދަވާތީ އެކަމާ ހިތްހަމަ ނުޖެހުމުން ވަޒީފާގައި ހުންނަވަން ބޭނުންފުޅު ނުވާތީ ކަމަށެވެ.
"އަޅުގަނޑު އިސްތިއުފާ ދިނީ އިދާރީ ކަންތައްތަކުގެ ސަބަބުން ކައުންސިލް ނުހިގާ ކަމަށް ވިދާޅުވެ ރައްޔިތުނާ މުހާތަބު ކުރައްވާ ކައިންސިލްގެ ރައީސް ވާހަކަފުޅު ދެއްކެވުމުން،" ފަޒީލް ވިދާޅުވި އެވެ.
ފަޒީލު އިސްތިއުފާ ދެއްވި މައްސަލައިގައި ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވީ އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.