ކުރީގެ މަޝްހޫރު ފިލްމީ ބަތަލާ ޖަޔާ ޕްރަދާއަށް ހަ މަހުގެ ޖަލު ހުކުމަކާ އެކު 5،000 ރުޕީސްގެ ޖޫރިމަނާއެއް ދެއްކުމަށް ޙުކުމްކޮށްފިއެވެ.

ޖަޔާއާއި ބަތަލާގެ ބޭބެ ގުޅިގެން ހިންގި ތިއޭޓަރު ވިޔަފާރި ބަންދުކުރިއިރު އެކީގައި މަސައްކަތް ކުރި މުވައްޒަފުންތަކަކަށް 8،17،794 ރުޕީސްގެ ޢަދަދަކަށް އެ މުވައްޒަފުންގެ އިންޝުއަރެންސް ފަންޑްސްގެ ގޮތުގައި ދައްކަން ޖެހެއެވެ.

ހިންދީ ފިލްމުތަކުގެ އިތުރުން ވަރަށް ގިނަ ތަމަޅަ ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ބަތަލާއަކީ ސިޔާސީ ދާއިރާގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފަރާތެކެވެ. ޖަޔާއި ބޭބެ ރާޖާ ބާބޫގެ އިތުރުން އޭރި އެކީގައި މަސައްކަތް ކުރި އެކުވެރި ވިޔަފާރިވެރިޔާ ރާމް ކުމާރު ކިޔާ މީހަކަށް ވެސް ވަނީ ދައުވާކޮށް އެއް ހުކުމެއް އައިސްފައެވެ.

މި ތިއޭޓަރުގައި މަސައްކަތް ކުރި ފަރާތްތަކުގެ އިންޝުއަރެންސް ކުންފުނި އެމްޕްލޯއީ ސްޓޭޓް އިންޝުއަރެންސް އިން ބުނެފައިވަނީ ޖަޔާމެންފަދަ އާއްމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފަރާތްތަކުން އެ ކުންފުނީގެ ޤަވައިދުތަކަށް ހުރުމުތްތެރިކޮށް ނުހިތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވަނީ ބުނެފައެވެ.

ޖަޔާ ހިންގި މި ތިއޭޓަރު ވަނީ މީގެ 10 އަހަރު ކުރިން ބަންދު ކޮށްފައެވެ. ޖަޔާއާ އެކު ބަތަލާގެ ބޭބެއަށް ޙުކުމްކޮށްފައި ވަނީ 1991އިން ފެށިގެން 2002ވަނަ އަހަރާ ހަމައަށް ނުދައްކާ ހުރި ފައިސާގެ އަދަދު އިންޝުއަރެންސް ކުންފުންޏަށް ދެއްކުމަށެވެ.

ޖަޔާ ޕްރަދާއަކީ، 70 އިގެ އަހަރުތަކުގެ ފިލްމީ ކެރިއަރު ފަށައިގެން 90އިގެ އަހަރުތަކާ ހަމައަށް ވަރަށް ކާމިޔާބު ފިލްމުތައް ކުޅުނު ބަތަލާއެކެވެ. އަދި، އެ ދުވަސްވަރު ފިލްމީ ދާއިރާގެ މަޝްހޫރު ބަތަލާއިން ކަމަށް ސްރީދޭވީ އަދި ރޭކާފަދަ ބަތަލާއިންނާ އެކު ވަރަށް ބޮޑު ވާދަވެރިކަމެއް ވެސް ޖަޔާއާ ދެމެދު އުފެދުނެވެ. ޖަޔާ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ، 2013ވަނަ އަހަރު ބަތަލާ ކަންގަނާ ރަނާވަތު ކުޅުނު ފިލްމު "ރައްޖޯ"ނަމަކަށްކިޔާ ފިލްމަކުންނެވެ.