މިއަދުގެ ހުކުރު ވަގުތު، ރަންފައުން ފިހާރައިގެ ބިއްލޫރިތައް ތަޅާލައި ބޮޑެތި ގެއްލުންތަކެއް އެ ފިހާރައަށް ދީފިއެވެ.

ފަނޑިޔާރުމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ހުންނަ އެ ފިހާރައިގެ ހަތަރު ބިއްލޫރިގަނޑު ވަނީ ޕޭމަންޓް ގަލުން ޖަހައި ތަޅާލާފައެވެ.

މަންޒަރު ދުށް މީހަކު "ސަން" އަށް ބުނީ އެކަން ކުރީ ދިވެއްސެއް ކަމަށާއި އޭނާ އެކަންކުރަނިކޮށް ބަޔަކު އެ މީހާ ހިފެހެއްޓި ކަމަށެވެ. މިހާރު އެ މީހާ ވަނީ ފުލުހުންނާ ހަވާލު ކޮށްފައި ކަމަށް މި ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ ސަރަހައްދުގައި ތިބި މީހުން ބުނިގޮތުގައި ބިއްލޫރިތައް ތެޅިނަމަވެސް އެ މީހާ އެތަނުން އެއްވެސް އެއްޗެއް ނުގެންދެއެވެ. އޭގެ ކުރިން މީހުން އެއްވެ އޭނާ ހިފެހެއްޓީއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ފޯން ނުނަގާތީ އިތުރު ތަފްސީލް ވަނީ ލިބޭގޮތް ނުވެފައެވެ.

"ޔާޒޫމް" ގޭގައި ހިންގާ އެ ފިހާރައަކީ އިލެކްޓޯނިކްސް ސާމާނާއި އެއާކޮންޑިޝަން ފަދަ ތަކެތި ފުޅާ ދާއިރާއެއްގައި ވިއްކާތަނެކެވެ.