ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ހ. ވައިޓް ޑައިމަންޑް، ޖަމީލާ ޢަލީ ޚާލިދުގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، އެކަން އެންގެވުމާ ގުޅިގެން، އެ ކޮމިޝަންގެ މެންބަރު ކަމަށް، އެކަމަނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު މިއަދު ޢައްޔަން ކުރައްވައިފި އެވެ.

ޖަމީލާ ޢަލީ ޚާލިދު، ސީއެސްސީ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، އެކަމަނާއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށް ޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފުގެ ކުރިފުޅު މަތީގައި، ސީއެސްސީގެ މެންބަރު ކަމުގެ ހުވާ، ޖަމީލާ ޢަލީ ޚާލިދު ކުރެއްވި އެވެ.