އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ހުޅުމާލެއިން ގެއްލިގެން ހޯދަން ފަށައިފިއެވެ.

އިއްޔެއިން ފެށިގެން ގެއްލިގެން ހޯދަނީ ރ. މާކުރަތަށް ނިސްބަތްވާ އައިޝާ ބިންތް މަމްދޫހު ރިޔާޒެވެ.

އޭނާ ފެނިއްޖެ ނަމަ 9742709އާ ގުޅާ މައުލޫމާތު ހިއްސާކުރުމަށް އާއިލާއިން އެދެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެއިން ކުޑަ ކުއްޖަކު ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 00:58 ހާއިރު ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފަށާފައި ވާކަމަށެވެ.

އޭނަ އެންމެ ފަހުން ފެނުނު ތަނެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.