ވެރިކަމުގެ ދެވަނަ ދައުރެއްގައި ގދ. ގަައްދުއާއި އެ ރަށް ކައިރި ފަޅުވެފައި އޮތް، ގަމާ ގުޅައިލުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިފަދައިން ވައުދުވެވަޑައިގެންނެވީ ގދ. ގައްދޫގައި މިރޭ އޮތް ކެމްޕޭން ޖަލްސާގައި އެ ރަށަށް ދެވަނަ ދައުރެއްގައި ކޮށްދެއްވާނެ ކަންކަމުގެ ވައުދުތައް ހިއްސާކުރައްވަމުންނެވެ.

ނަމަވެސް ދެ ރަށް ގުޅައިލާނެ ގޮތަކާ ގުޅޭ އިތުރު ތަފްސީލެއް ހާމަނުކުރައްވައެެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެވަނަ ދައުރުގައި ހިންގާނެ އިތުރު މަޝްރޫތައް

  • ގައްދޫ މަގު ހެދުުމުގެ ދެވަނަ ފިޔަވަހީގެ ތެރެއިން ހުރިހާ މަގެއްގައި ތާރު އެޅުން

  • 30 ހެކްޓަރު ބިން ހިއްކައި 100 ރޯހައުސް އަޅައިދިނުން
  • ޕޮލި ޓެކްނިކްގެ އާ ސެންޓަރެއް އަޅައިދިނުން

ރައީސް ވިދާޅުވީ މިފަަހަރުގެ ރިޔާސީ އިންތިޚާބު ގާތްވަމުން އަންނައިރު ފެނިވަޑައިގަންނަވަނީ އެހެން އިންތިިޚާބުތަކާ ޚިލާފު ތަފާތު މަންޒަރެއްކަމަށެވެ.

ރައީސް ވިދާޅުވީ 2008ވަނަ އަހަރުން ފެށިގެން މިހާތަަނަށް އައިރު އަބަދުވެސް ފެންނަ މަންޒަރަކީ އެއިރަކު ހުންނަ ވެރިއަކު ބަދަލުކުރުމަށް ރިޔާސީ އިންތިޚާުބުގައި ވޯޓުލާ މަންޒަރުކަމަށެެވެ.

ވެރިކަމުގައި ހުންނަ ވެރިއަކު ބަދަލުކުރަން މަސައްކަތްކުރާއިރު އަބަދުވެސް ފެންނަނީ އިދިކޮޅު ފަރާތްތަކުން ކޯލިޝަންގައި މަސައްކަތްކުރާ މަންޒަރުކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކަމަކު އަޅުގަނޑަށް 2023ގައި މި އަހަރު ތަފާތެއް އެބަ ފެނޭ. ވެރިކަމުގައި ހުންނަ މީހަކު ބަދަލުކުރަން ބޭނުމިއްޔަ މީގެ ކުރިން ދެން ތިބި އެންމެން އަރަނީ އެއްކޮޅަށް. އެންމެން ކިޔަނީ އެކައްޗެއް. އެ ނޫން ގޮތަކަށް އެ ކަން ނުކުރެވިދާނެކަމަށް އެންމެންނަށް ގަބޫލުކުރެވޭތީވެ، ރިސްކެއް ނަގަން ބޭނުންނުވާތީވެ އެންމެން އެއްކޮޅަށް އަރައި ވެރިކަން ބަދަލުކޮށްލަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ގދ. ގައްދޫގައި -- ފޮޓޯ/ އެމްޑީޕީ

ނަމަވެސް މި ފަަހަރު ތަފާތުވާ މަންޒަރަކީ މިފަހަރު ކޯލިޝަން ހަދައިގެން ތިބީ ސަރުކާރުން ކަމަށްވުންކަމަށް ރައީސް ވިދާޅުވިއެވެ. އިދިކޮޅު ޕާޓީތަކަށް ކޯލިޝަނެެއް ހަދަން އެކުގައި މަސައްކަތްކުރާނެ ޕާޓީއެއް ނުވީކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމަކު މި ފަަހަރު ތަފާތު. މި ފަަހަރު ވެރިކަމުގައި ތިބި މީހުން މި ތިބީ ކޯލިޝަން ހަދައިގެން. ދެން މި އިންތިޚާބަށް އިތުރު އެއްވެސް ބަޔަކާއެކީގައި ބައިވެރިވާނެ މީހަކު ނުވި،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް ވަރަށް ސީރިއަސްކަމާއެކު އިންތިޚާބުގައި ވަދަކުރާ ކެންޑިޑޭޓުންތަކެއް ވާދަކުރަމުން އަންނަކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ 2018ވަނަ އަހަރުގެ އިންތިޚާބާ އެމްޑީޕީން ކުރިމަތިލީ މެނިފެސްޓޯއަކާއެކުކަމަށެވެ.

މި އިންތިޚާބުގައި ވެސް މެނިފެސްޓޯއެއް އޮތްއިރު، ދެން ވެސް ވާދަވެރިންގެ މެނިފެސްޓޯއަކަށްވާނީ "ނުވާނޭ" ބުނުންކަމަށް ރައީސް ވިދާޅުވިއެވެ.

"މިފަަހަރު ވެސް އަޅުގަނޑުމެންގެ ވާދަވެރިންގެ މެނިފެސްޓޯއަކަށް ވާނީ އަޅުގަނޑުމެން އެ ވީ ވައުދުތައް އެއީ ނުކުރެވޭނެ ވައުދުތަކެއްކަމަށް ދެއްކުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައްދޫއަކީ ސިޔާސީ ފޯރި ބޮޑު، އަބަދުވެސް ސިޔާސީ ކަންކަމުގައި ތައްޔާރަށް އޮންނަ ރަށެއްކަަމަށެވެ. އެއާއެކު ރައީސްވަނީ ދެވަނަ ދައުރެއްގައި ރަށަށް ކޮށްދެއްވާނެ ކަންކަން އިއުލާނުކުރައްވައިފިއެވެ.

ރައީސް ޞާލިހު ގދ. ގައްދޫގައި ވަހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

"މިއަދު ވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އެ މަންޒަރު. ގައްދޫގެ ރައްޔިތުން މިއަދު މި އޮތީ ރިޔާސީ އިންތިޚާބަށް ބަރާބަަރަށް ތައްޔާރުވެ، ފައްކާވެފައި. ޝައްކެތް އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.