06 May 2012, 20:24
ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އަލުން ބޭފުޅުން ކަނޑައަޅުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އަލުން ޑިރެކްޓަރުން ކަނޑައެޅުއްވި ކުންފުނިތަކަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑާއި ގުޅިފަޅު އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ]އެމްޓީސީސީ[ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ކަމަށް ހަމަޖެއްސެވީ، މ. އާސްތާނާ އާމިނަތު ޢާޠިފާއެވެ. މެނެޖިންގް ޑިރެކްޓަރަކަށް ހަމަޖެއްސެވީ، މއ. މާވެޔޮގޭ ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲ އެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ހެންވޭރު ކީރަންމާގޭ މުޙަންމަދު ޢަލީ އާއި، ސ. މަރަދޫ ޒިކުރާ އިމްރާން ވަޖުދީ އެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑު]މިފްކޯ[ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަމަނަކަށް ހަމަޖެއްސެވީ ހެންވޭރު މީނާޒް ޑރ. ފާތިން ޙަމީދެވެ. މެނެޖިންގް ޑިރެކްޓަރަކަށް ހަމަޖެއްސެވީ، ސ. މަރަދޫ ބްލޫވިންްގް ޙަސަން ޝާފިޢު އެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މ. ނަލަހިޔާވިލާ އަޙްމަދު ނާޝިދާއި، ހ. ޑިއުޑްރޮޕް އަޙްމަދު މަނިކާއި ދަފްތަރު ނަންބަރު 4589 މުޙަންމަދު ވަޖީހް އިބްރާހީމާއި މ. ވާރޭވިލާ އަސްޢަދު އަލީ އެވެ.
ގުޅިފަޅު އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ހަމަޖެއްސެވީ ގ. މުށިވެލި މުޙަންމަދު އިބްރާހީމެވެ. މެނެޖިންގް ޑިރެކްޓަރަކީ މ. ޝާމާ ޢަބްދުﷲ ނައުޝާދެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މއ. ސިލްވާސީން އިބްރާހީމް ވަޙީދު ޙަސަންމަނިކާއި މާލެހިޔާ 1 (01-20) ޢަލީ ސައިފުއްދީނެވެ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑު]އެމްޓީޑީސީ[ގެ ޑިރެކްޓަރުންގެ ބޯޑުގެ އާ ޗެއާމަނަކީ ދަފްތަރު ނަންބަރު 4226 މުޙަންމަދު ރަޝީދެވެ. މެނެޖިންގް ޑިރެކްޓަރަކަށް ހަމަޖެއްސެވީ ހއ. އިހަވަންދޫ އެރޯމާ މުޙަންމަދު މަތީނެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ގދ. ތިނަދޫ ދެވިނަގޭ ޢަބްދުﷲ އަޙްމަދާއި، ގ. މާވެހި އިސްމާޢީލް މިފްރާޙެވެ.