އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދަރިފުޅު އަޙްމަދު ފުވާދު (ދޫނި) މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވެފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައެވެ.

އެނގިފައިވާ ގޮތުގައި އޭނާ ޓްރިވެންޑްރަމްގައި ހުންނެވީ ކިޑްނީއާއި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށެވެ. އަދި އެކަމަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ތައުޒިޔާގެ މެސެޖުތައް ހިއްސާކުރަމުންނެވެ.