06 Aug 2023, 08:57
އެމެރިކާގެ މަޝްހޫރު ފެޝަން ބުދު އަދި މީޑިއާ ފްރެންޗައިޒް ކަމަށްވާ "ބްރެޓްޒް"އިން މަޝްހޫރު އިންސްޓަގްރާމް މޮޑެލް އަދި ރިއެލިޓީ ތަރި ކައިލީ ޖެނާގެ އެކި ބުދުތަކެއް ތައާރަފު ކޮށްފިއެވެ.
ކައިލީގެ ބްރެޓްޒް ބުދުތަކެއް ހަދާފައިވަނީ އޭނާގެ އެންމެ ފާހަގަކޮށްލެވޭ ފެޝަން ލުކް ތަކާ އެކުއެވެ. އެގޮތުން ކައިލީގެ އެންމެ ފާހަގަކޮށްލެވޭ ލުކްތަކުގެ ތެރެއިން ހަ ލުކް އަކަށް ބިނާކޮށް ތައްޔާރުކުރި ތަފާތު ހަ ބުދު އިއުލާނުކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
ލިމިޓެޑް އެޑިޝަން ބުދުތަކެއްގެ ގޮތުގައި ތައާރަފުކުރި މި ލައިންގެ ތެރޭގައި ކައިލީ 2019 ވަނަ އަހަރުގެ އިތުރުން މިދިޔަ އަހަރު މެޓް ގާލާއަށް ލައިގެން ދިޔަ ހެދުންތަކުގެ ލުކްތައް ހިމެނެއެވެ.
ބްރެޓްޒްއިން ބުނަނީ ކުރިއަށް އޮތް ތަނުގައި ވެސް ކައިލީގެ އިތުރު ލައިނެއް ތައާރަފުކުރާނެ ކަމަށެވެ.
މި ލައިން އިއުލާނު ކުރުމަށް ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން ކައިލީ ބުނެފައިވަނީ ވަރަށް ކުޑައިރުން ފެށިގެން ވެސް އޭނާ އަކީ ބްރެޓްޒް ބުދުތަކުގެ ފޭނެއް ކަމަށެވެ. އަދި، އެންމެ ފަހުން ބްރެޓްޒް ބުދަކަށް ކައިލީ ވުމުން ހީވަނީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވެގެން ދިޔަ ކަމަށް ކައިލީ ފާހަގަކުރިއެވެ.
ބްރެޓްޒްއިން ބުނެފައިވަނީ ކައިލީ އަކީ ބްރެޓްޒްގެ މޮޓޯ އާ އެންމެ ގުޅޭ މޮޑެލް ކަމަށެވެ.
ބްރެެޓްޒް ބުދުތައް މަގުބޫލު ވެގެން ދިޔައީ މެޓެލްގެ ބާބީއަށް ބޮޑު ޑިމާންޑެއް އޮތް ވަގުތެއްގައެވެ. ބާބީ ކުންފުނީގެ ކުރީގެ މުވައްޒަފަކު އުފެއްދި ބްރެޓްޒް ކުންފުންޏަކީ ބާބީ ބުދުތަކާ ހިލާފަށް ވީހާ ވެސް ސިންދަފާތުކޮށް ހުރިހާ ނަސްލެއް އަދި ތަފާތު ހަށިގަނޑުތައް ހިމެނޭ ބްރޭންޑަކަށް ހެދުމުގެ ބޭނުމުގައެވެ.
ބްރެޓްޒް ލައިނުން ވަނީ މީގެ ކުރީން ވެސް އެކި ތަރީންނާއެކު މިފަދަ ކޮލެބޮރޭޓިވް މަސައްކަތްތައް ކޮށްފައެވެ.