07 Aug 2010, 13:50
18:45
ސުޕްރިމް ކޯޓްގެ ތަޅުދަނޑި ސިފައިން ހިފެހެއްޓުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ ތަނުގެ ތަޅުދަނޑި ވަގުތުން ދޫކުރުމަށް ދިވެހިރާއްޖޭގެ ޕްރޮސިކިއުޓާ ޖެނެރަލް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލަށް އަންގަވައިފި އެވެ.
ޕީޖީ އަހުމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެންމެ މަތީ ސުޕްރީމް އޮތޯރިޓީގެ ތަޅުދަނޑި ސިފައިން ހިފެހެއްޓުމުން އެކަމާ ދޭތެރޭ އެޅޭނެ ފިޔަވަޅަކީ ކޮބައިތޯ މިހާރު ބައްލަވަމުން ގެންދަވާ ކަމަށެވެ.